މާފަންނުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ޑިޒާސްޓަރ މެނޭޖްމަންޓއ ސެންޓަރުން ބުނީ މ.މުނިޔާ މަގުގައި ހުންނަ ޖަޔާކުޝަން ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ މި އޮތޯރިޓީން މިދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
އަދި އެ ސަރަހައްދުގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށާއި ނަމަވެސް، އެތަނުގައި ގުދަންކޮށްފައި ހުރީ ފޮތި ރޯލު ކަމުން، އަދިވެސް ބޯކޮށް ދުން ދަނީ އަރަމުން ކަމަށެވެ.
މީގެ އިތުރުން ދެބުރިއަށް އިމާރާތްކޮށްފައިވާ އެ ތަނަކީ މީހުން ދިރިއުޅޭ ތަނެއް ނޫން ކަމަށާއި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ އިމާރާތާ ޖެހިގެން ހުރި ގޭގައި ދިރިއުޅޭ 10 ބިދޭސީއަކު ވަނީ ވަގުތީ ގޮތުން ހުސްކޮށްފައި ކަމަށްވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.