މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ހިންނަވަރުން ހައްޔަރު ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ހިންނަވަރުން ހައްޔަރު ކޮށްފި އެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޅ. ހިންނަވަރުން  ހައްޔަރުކޮށްފައިވަނީ އެރަށު ހުޅަގުމަތީގެ އަޙްމަދު ޝިރުޙާނު މުޙައްމަދު (33އ) އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި، އެ ރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި އަށްރަބަރު ޕެކެޓު ފެނުމާ ގުޅިގެން ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *