ޕޯސްޓު މެދުވެރިކޮށް އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ ޕޯސްޓް މެދުވެރިކޮށް އެތެރެކުރި ޝިޕްމަންޓެއް މި މަހުގެ 18 ވަނަ ދުވަހު ބަލައި ޗެކް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 3.6 ކިލޯގެ "ސިންތެޓިކް ކެތިނޯން" ފެނިފައިވާ ކަމަށެވެ.

އިތުރަށް ކަސްޓަމްސް އިން ބުނީ ޖުމްލަ ބަރުދަނުގައި 3610 ގްރާމް މި ތަކެތީގެ މަގުމަތީ އަގު 5 މިލިޔަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރެވިފައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *