ރައީސް މުއިއްޒު އަށްވުރެ ގައުމުދެކެ ލޯބިވާ ތެދުވެރި ވެރިއެއް ދިވެހި ތާރީހުގައި ދެކެފާނެކަމަށް ގަބޫލެއް ނުކުރަން: މުޙައްމަދު އިސްމާއިލް

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އަށްވުރެ ބޮޑަށް ގައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއާއި ތަރައްގީއާއި ކުރިއެރުމަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވާނެ ދެވަނަ ވެރިޔަކު ދެން ދިވެހި ތާރީހު ދެކެފާނެކަމަށް ގަބޫލު ނުކުރައްވާކަމަށްވެ ޕީއެންސީގެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވީ ޕީއެންސީއަށް މެމްބަރުން އިތުރުވަމުން އަންނަނީ ރައީސް މުއިއްޒުގެ ސިޔާސަތުތައް ވަރުގަދަވީމަކަމަށާއި އެމަނިކުފާނަށްވުރެ ބޮޑަށް ގައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއާއި ތަރައްގީއާއި ކުރިއެރުމަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވާނެ ދެވަނަ ވެރިޔަކު ދެން ދިވެހި ތާރީހު ދެކެފާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

އަދި މީގެ އިތުރުން އަމަލާއި ބަސް ދިމާވާ ހަމައެކަނި ލީޑަރަކަށް ސިޔާސީ މައިދާނުގައި ހުންނެވީ ހަމައެކަނި ރައީސް މުއިއްޒުކަމަށް ދިވެހި ރައްޔިތުންވެސް ހެކިވާކަމަށް މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވި އެވެ.

މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި މިވަގުތު 7 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި އޮތްއިރު 74000 މެންބަރުންނާއެކު އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތީ 2019 ވަނަ އަހަރު  އުފެއްދި ޕީއެންސީ ކަމަށެވެ.

ޕީއެންސީ އަކީ އެންމެ މަނެބަރުން ގިނަ ޕާޓީއަށް ވެފައިވަނީ އެ ޕާޓީގެ ލީޑަރޝިޕުން ހާއްސަގޮތެއްގައި ރައީސް ޑރ މުއިއްޒު ޕާޓީގެ އާންމު މެމްބަރުންނާ ދެމެދުގައި ބާއްވަމުންގެންދަވާ ބަދަހި ގުޅުމުގެ ސަބަބުން ކަމަށްވެސް މުޙައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *