ލޮރީއަކާ ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
އެކްސިޑެންޓު ހިނގާފައިވަނީ މާލޭ އުސްފަސްގަނޑު ސަރަހައްދު ބޭރުމަގުން ކަމަށާއި އެ އެކްސިޑެންޓުގެ ރިޕޯޓް މިއަދު ހަވީރު 4 ޖަހާކަންހާއިރު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ އެކްސިޑެންޓުގައި މަރުވެފައިވަނީ ސައިކަލް ދުއްވަން އިން މީހާއެވެ.
އެމީހާ މަރުވީ އެކްސިޑެންޓުހިނގިވަގުތު ސައިކަލުގަ އިން މީހާ ޕިކަޕް ދަށުވެ ކަމަށް މަންޒަރު ދުތް ފަރާތްތަކުން މީސްމީޑިއާގައި ބުނެފައި ވެއެވެ.