Advertisement
BML Home 2nd Ad

މީހުންގެ ތެރޭގައި ގަސްތުގައި ވައިބޭރުކުރުމާއި، ވައިބޭރުވުމުން ހުނުން ނަހީވެގެންވުން

މީހުންގެ ތެރޭގައި ގަސްތުގައި ވައިބޭރުކުރުމަކީ އިސްލާމީ ރިވެތި އަދަބުތަކާ ޚިލާފުކަމެކެވެ. އަދި ވައިބޭރުވުމުން އެކަމާހެދި ހުނުމަކީ ނަހީވެގެންވާ ކަމެކެވެ.

Advertisement
Etukuri Inside ad 300x300 Desktop

عن عبد الله بن زَمْعَةَ رضي الله عنه أن النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَعَظَهُمْ فِي ضَحِكِهِمْ مِنْ الضَّرْطَةِ وَقَالَ : (لِمَ يَضْحَكُ أَحَدُكُمْ مِمَّا يَفْعَلُ) -رواه البخاري (4942) ومسلم (2855)

ޢަބްދުﷲ ބިން ޒަމްޢަތު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ވައިބޭރުވުމުގެ ސަބަބުން ހުނުމާބެހޭގޮތުން އަހަރެމެންނަށް ނަޞީޙަތްދެއްވިއެވެ. (ޔަޢުނީ އެކަން ނުކުރުމަށް އިރުޝާދު ދެއްވިއެވެ) އަދި ޙަދީޘްކުރެއްވިއެވެ. “ފަހެ އޭނާ އަމިއްލައަށް(ވެސް) ކުރާ ކަމަކާމެދު އޭނާ ހޭންވީ ކީއްވެހެއްޔެވެ؟”

عَنْ جَابر بنِ عَبْدِ الله رضي الله عَنْهُ أَنَّ النَّبِيَّ صَلَّي اللهُ عَلَيْهِ وَسَلَّمَ نَهَى عَنِ الضَّحكِ مِنَ الضَّرطَةِ – صحيح الجامع 6896

ޖާބިރު ބިން ޢަބްދުﷲ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ވައިބޭރުވުމުގެ ސަބަބުން ހުނުން ނަހީކުރެއްވިއެވެ.”

އިމާމު ނަވަނީ ރަޙިމަހުﷲ ވިދާޅުވިއެވެ. “އެހެންމީހަކު ވައިބޭރުކުރުމުގެ ސަބަބުން ތިމާ ހުނުންވެސް މިނަހީގެ ތެރެއަށް ވަދެއެވެ. އެންމެ ރަނގަޅުގޮތަކީ އެކަން އެއީ ނުވާކަމެއް ހަދައި ވާހަކަދެއްކުމައިގެން ނުވަތަ އެކުރަމުން ދިޔަ ކަމަކައިގެން ކުރިޔަށް ދިޔުމެވެ.. އެކަމަށް ސަމާލުކަން ނުދޭނީއެވެ. ނުވަތަ އޭނާއަށް އެއަޑު ނީވޭކަމަށް ހަދާނީއެވެ.”

ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައި ބުނެފައިވެއެވެ. “(މީހުންގެ ތެރޭގައި) ގަސްތުގައި ބާރަށް ވައި ބޭރުކުރުމަކީ ހުއްދަކަމެއް ނޫނެވެ. އަދި އެކަމުގެ ސަބަބުން ހުނުންވެސް މެއެވެ. އެއީ މުރުއްވަތްތެރިކަމާއި ރިވެތި އަޚްލާޤާ ޚިލާފުކަމަކަށްވާތީއެވެ.”

ޢުޛުރެއްގެ ސަބަބުން މިސާލަކަށް ވައިބޭރުވުން ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން، ނުވަތަ ފުރަގަސްފަރާތުގައި ބައްޔެއް ހުރުމުގެ ސަބަބުން ވައި ނުހިފޭއްޓިގެން، އަޑުހަރުކޮށް ވައިބޭރުވުމަކީ މައްސަލައެއް ނޫނެވެ. އެކަމަކުވެސް އެކަމާމެދު އެހެން މީހުން ހީ ހެދުމަކީ ހުއްދަކަމެއް ނޫނެވެ.

 

މަރްޖިޢު

https://islamqa.info/ar/answers/138040

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add