ރުކުމަޑީއާއި ހުދުކޫޑި ނައްތާލާ ޕެސްޓްސައިޑް ހޯދަން ބޭނުންވާ ރަށްތަކުން އެކަމަށް އެދިހުށަހެޅުމަށް ހުޅާވާލައިފި

ރުކުމަޑިއާއި ހުދުކޫޑި ކޮންޓްރޯލްކުރާ ޕެސްޓްސައިޑް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ އެފުރުޞަތު އެގްރިކަލްޗަރ މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެގްރިކަލޮްޗަރ މިނިސްޓްރީން ބުނީ  ރުކުމަޑިއާއި ހުދުކޫޑީގެ މައްސަލަ ދިމާވެފައިވާ ރަށްތަކަށް ޕެސްޓްސައިޑް ބޭނުންވާ ފާރާއްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަން ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ.

އަދި ހއ، ހދ، އަދި ށ، އަތޮޅުގެ ރަށްތަކުން ޕެސްޓްސައިޑް ބޭނުންވާނަމަ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރއިން ޒިޔާރަތްކޮށް އެތަނުން އެތަކެތި ކަލެކްޓު ކުރެވޭނެކަމަށާއި، އެހެން އަތޮޅުތަކުގެ ރަށްތަކުން ޕެސްޓްސައިޑް ބޭނުންވާނަމަ އެގްރިކަލްޗަރ މިނިސްޓްރީން ކުރެވޭނެކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ އެގްރިކަލްޗަރ މިނިސްޓަރ ޝިޔާމް ހއ އާއި ހދ އަތޮޅައް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބައެއްރަށްތަކުގެ ކައުންސިލްތަކާއި ރުކުމަޑިއާއި ހުދުކޫޑި ކޮންޓްރޯލްކުރާ ޕެސްޓްސައިޑް ވަނީ އަމަލީ ގޮތުން ހަވާލުކޮށްފައި ކަމަށެވެ.

ކޮކޮނަޓް ހިސްޕިން ބީޓްލް ނުވަތަ ކުދި ރުކުމަޑި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ، 1999ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅުގެ ރިސޯޓެއްކަމަށްވާ ސަން އައިލެންޑް ރިސޯޓުންނެވެ.

މިކަމަށް ހައްލެއް ހޯދުމަށް ޗައިނާ ސަރުކާރުގެ އެހީގައި ދިރާސާކޮށް ރުކުމަޑި ނައްތާލާ ސޫީފި އާލާކުރުމަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރެއް ވަނީ ޤާއިމްކޮށް އެ މަސައްކަތް ވަނީ ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *