"ދަތިވެއްޖެ" މުޒާހަރާ ކުރިއަށް ދާނީ މަޖީދީ މަގުން: އެމްޑީޕީ

ޒަރޫރީ ބާވަތްތަކުގެ އަގު އުފުލުމާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ކުރިއަށްގެންދާ "ދަތިވެއްޖެ" މުޒާހަރާ ކުރިއަށްގެންދާނީ މަޖީދީމަގުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވުމަށް ތައްޔާރުވަމުންއަންނަ މުޒާހަރާއާއި ގުޅޭ މައުލޫމާތުދެއްވަމުން އެ ޕާޓީން ބުނީ އެމްޑީޕީން މުޒާހަރާ ކުރިއަށްގެންދަނީ ޤާނޫނީ އިމުގެ ތެރެއިން ހިޔާލްފާޅުކުރުމުގެ މިނިވަންކަމުގެ ދަށުންކަމަށެވެ.

މާލެ ވަށައިގެން ބޮޑު ތަކުރުފާނު މަގުގައި މުޒާހަރާ ކުރުމުން އަޑުއިވޭނީ ހަމައެކަނި މުޒާހަރާގެ ބައިވެރިންނަށް ކަމަށާއި، މުޒާހަރާ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވީހާވެސ ގިނަ ބަޔަކަށް މުޒާހަރާގެ އަޑު އިއްވުން ކަމަށޭވެ.

އެހެންކަމުން މަޖީދީމަގުން މުޒާހަރާ ކުރިއަށް ގެންގޮސްފިނަމަ ފާޅުކުރާ ޝުއޫރުގެ އަގު ރައްޔިތުންނަށް އިވޭނޭކަމަށާއި، ބޭނުމަކީ ވީހާވެސް ގިނަބަޔަކަށް ކަންބޮޑުވުންތައް އަޑުއިއްވުންކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *