ރާއްޖޭގެ ގާނޫނުތަކާއި އުސޫލުތަކުގައި އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި 

ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެންމެހައި އުސޫލުތަކުގައި އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެންމެހައި ރަނގަޅު ކަންކަން އެތުރިފައިވަނީ އިސްލާމްދީން ވަށައިގެން ކަމަށާއި، ދިވެހި ގައުމުގެ ނާރެހަކީ އިސްލާމްދީންކަމަށެވެ.
އަދި ދިވެހި ގައުމިއްޔަތުގެ މަދަކީ ކީރިތި ގުރުއާން ކަމަށާއި ދިވެހިރާއްޖެ ހިތްދަތިކަމުގައި ޕޯޗުގީޒުންގެ އަތްދަށުގައި އެތައް ޒަމާނަކު އޮންނަންޖެހުނު ސަބަބަކީ އެންމެ ދިވެއްސަކު އިސްލާމްދީން ދޫކޮށްފައި ނުވާ ކަމަށެވެ.
މިނިވަންކަމާއި އިސްލާމްދީނާ އޮތް ގުޅުން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ތާރީހުން ފެންނަ ގޮތުން ދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރެއްގައި ރާއްޖޭގެ މިނިވަންކަން ގެއްލިގެން ގޮސްފަައިވާ ކަމަށެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *