މާލޭ ޓެކްސީ ލައިން ހިދުމަތުގެ އެޕްލިކޭޝަންގައި ހުރި ކަސްޓަމަރުންގެ މައުލޫމާތު ޢާންމުކުރި މުވައްޒިފުގެ މައްސަލަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފުލުހަށް ހުށައަޅަައިފި އެވެ.
އެ ކުންފުނިން ބުނީ އެކުންފުންނިން ދެމުން އަންނަ މާލޭ ޓެކްސީ ލައިން ހިދުމަތުގެ އެޕްލިކޭޝަން ހެކުކޮށް ކަސްޓަމަރުންގެ މައުލޫމާތުތައް ލީކުކުރި ވާހަކައަކީ ސައްހަ ވާހަކައެއް ނޫންކަމަށާއި، އެ އެޕްލިކޭޝަނުގެ ބެކްއެންޑުގައި ހުރި މައުލޫމާތުތަކަށް ބަދަލުގެނެސް ސްކްރީން ޝޮޓެއް ނަގައި ލީކުކުރީ އެ ކުންފުނީގެ މުވައްޒަފެއް ކަމަށެވެ.
އަދި އިތުރަށް އެކުންފުނިން ބުނީ އެމައުލޫމާތު ލީކުކުރީ އެ ކުންފުނީގެ މުވައްޒަފެއްކަން އެ ކުންފުނިން ހިންގި އެތެރޭގެ ތަހުގީގުން ހޯދިފައިވާ ކަމަށާއި، އެ މުވައްޒަފު އެކަން ކޮށްްފައިވަނީ ޓެކްސީ އެޕްލިކޭޝަނުގެ ބެކްއެންޑް ޑޭޓާބޭސްގައި ހުރި މައުލޫމާތުތަކަށް ބަދަލުގެނެސް ސިސްޓަމުގައި ހުރި މައުލޫމާތުތަކުގެ ސްކްރީންޝޮޓު ނަގައިގެން ކަމަށެވެ.
އެހެންކަމުން އެ މުވައްޒަފުގެ މައްސަލަ މިހާރު ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާ ކަމަށާއި، ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް އެ ކުންފުނިން ކުރާނެ ކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވާ ކަމަށެވެ.
މީގެ އިތުރުން އެކުންފުނިން ބުނީ މާލޭ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް ރައްކާތެރިކަމާއެކު ރީސްޓޯކޮށް ރައްކާތެރި ކުރެވިފައިވާކަމަށާއި، އަދި އެކަން ހިނގާފައިވަނީ އެޕްލިކޭޝަންގެ ސެކިއުރީގެ މައްސަލައަކުން ނޫކް ކަމަށެވެ.