ބާރު ސްޕީޑުގައި ދުއްވި ލަމްބަގީނީ ކާރެއް ހައިވޭ ސޯލާ ޕެނަލްތަކަށް އަރައިފި

ބާރު ސްޕީޑުގައި ދުއްވި ލަމްބަގިނީ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ބްރިޖް ހައިވޭ ސޯލާ ޕެނަލްތަކަށް އަރައިފި އެވެ.

ފުލުހުން ބުނީ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނުވެ ގޮސް ސޯލާ ޕެނަލްތަކަށް އަރައި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ދުވަހުގެ ހެނދުނު 08:42 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.

އަދި މި ހާދިސާ ހިނގި ވަގުތު އެ ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި ކަމަށާއި، އެ ދެ މީހުންނަށް މިހާރު ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންކަމަށްވެސް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *