ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ރާނީވިލާ، އުމުރުން 32 އަހަރުގެ މުޙައްމަދު މުބާރިކް އަދި އެ ރަށު ސައިލުގެ، އުމުރުން 23 އަހަރުގެ ޙަސަން ޤާސިމް ކަމަށާއި، މި މީހުން ހައްޔަރުކުރީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ، ކަންނެލި ޖެޓީ ސަރަހައްދުން ފުލުހުން ފެނުމާއެކު މި ދެ މީހުންގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން ހުއްޓުވައި، އެ މީހުން ތިބި ސަރަހައްދާއި ގެންގުޅުނު ތަކެތި ބަލައި ފާސްކުރިއިރު 24 ދަޅު ބަނގުރާ ފެނިފައިވާތީ ކަމަށެވެ.

މި މައްސަލައިގައި މި 2 މީހުން ހައްޔަރުކޮސް މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު މުބާރިކްގެ ބަންދަށް 15 ދުވަސް އަދި ޙަސަން ޤާސިމްގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *