ކުޑަކުދިންނަށް އޮރިޔާން ވިއްކި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހެކި ނެތިގެން ދޫކޮއްލައިފި

ކުދަކުދިންނަށް ޖިންސީ ގޯނާކުރާ ވީޑީއޯއާއި ފޮޓޯ ވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި ތ. ވިލުފުށި، މޫނިމާގެ، އާދަމް ޢަދްލާން ލަޠީފް، ދޫކޮއްލީ ހެކި ނެތިގެންކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

މި އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ހުށަހަޅާފައެވެ. އިތުރު ދިރާސާކުރިއިރު ދައުވާކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ ދައުވާ ނުކުރުމަށް ޕީޖީއިން ވަނީ ނިންމާފައެވެ.

އޭގެެފަހުންވެސް ފުލުހުންގެ ފަރާތުން އެ ނިންމުން މުރާޖައާކޮއްދިނުމަށް އެދި ޕީޖީއަށް އަނބުރާ ފޮނުވިކަމަށް ފުލުހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނާގޮތުން މި މައްސަލައިގަ ދައުވާ ކުރެވެން ނެތީ:

  • އޮރިޔާން ކާޑު ވިއްކާފައިވީނަމަސް އޭނާ ވިއްކާ ވިޔަފާރިކުރިކަން ނުވަތަ އެހެން މީހަކަށް ފޮނުވިކަން ނުވަތަ އެފަދަ ނެޓްވޯކަކާ ގުޅުމެއް އޮތްކަން ސާބިތުވާ ހެތްކެއް ނެތުމުން.
  • އާދަމް ޢަދްލާން ލަޠީފް އަތުން ގެނދެވުނު ގިނަ ޑިޖިޓަލްް ޑިވައިސް ތަކުގައި ސާބިތު ކޮއްދެވޭ މިންވަރަށް ހެކި ނެތުމުން.
  • އާދަމް ޢަދްލާން ލަޠީފްއާ ގުޅުންހުރި ޑިވައިސްތަކުން އޮރިޔާން ކާޑު ފެނިފައިވީނަމަވެސް މިއީ ކުޑަކުދިންގެ އޮރިޔާން ކާޑުކަން ސާބިތުވާވަރަށް ހެކި ނެތުމުން

އެ އޮފީހުން ބުނި ގޮތުން އާދަމް ޢަދްލާން ލަޠީފްގެ މައްޗަށް ކުރިއަށް ގެންދެެވެން އޮތީ ހަމައެކަނި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ. އެ ކުށަށް ކަނޑައެޅިގައިވާ އެންމެ ބޮޑު ޤާނޫނީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ. އަދި އެންމެ ކުޑަ އަދަދަކީ 9 ދުވަހަށް ޖަލަށްލުމެވެ. އާދަމް ޢަދްލާން ލަޠީފްވަނީ ތަހުގީގުގެ މަރުހަލާގައި 28 ދުވަސް ހޭދަކޮއްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *