ރެސްޓޯރެންޓެއްގެ އަންހެން މުވައްޒަފަކަށް ހަމަލާދީ މާރާމާރީއެއް ހިންގައިފި

ރޭ 11:00 ހާއިރު މާފަންނު ހުންނަ ރެސްޓޯރެންޓެެއްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށާއި އެތަނުގައި ތިބި މީހުން އަދި އެއްޗެއްސަށް ގެއްލުންދީ މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން ބުނީ އެ ފިރިހެން މީހާ ފުރަތަމަ ހަމަލާ ދިނީ ރެސްޓޯރެންޓުގެ އަންހެން މުވައްޒަފެއްގެ ބޮލަށެވެ. އަދި ކައިރި ތިބި މީހުން ހުއްޓުވަން މަސައްކަތް ކުރުމުން އެ މީހުންނަށް ގެއްލުންދީ ރެސްޓޯރެންޓުގެ ދޮރަށްވެސް ގެއްލުންދީފައިވެއެވެ.

މި ހަމަލާގެ ސަބަބުން އަންހެން މީހާގެ ބޯ ދުޅަވެފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގަ ހައްޔަރުކޮއްފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ދަނީ އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *