ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ހިންގަވާފައި މާލެއިން ވިލިމާލެއަށް ވަޑައިގެންފި އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ބުރިޖުގެ މަސައްކަތް ބައްލަވާލައްވައިލެއްވުމަށް ރައީސް ޑރ މުއިއްޒު ވަޑައިގެން ފައިމަގުން ހިންގަވައި މާލެއިން ވިލިމާލެއަށް މިއަދު ވަނީ ވަޑަިގެންފައެވެ.
ރާއްޖޭގައި ﷲާހަގަކުރަ އިންޖިނެޜުންގެ ދުވަސް ފާހަގަކުރުމަށާއި ތިލަމާލެ ބްރިޖުގެ މަސައްކަތް ބައްލަވައިލެއްވުމަށް ރައީސް ޑރ މުއިއްޒު ކުރެއްވި މި ޒިޔާރަތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާއި ހައުސިންގ މިނިސްޓަރ ޑރ މުއްތަލިބުގެ އިތުރުން ސަރުކާރުގެ އިސްވެރިން ވނީ ބައިވެރިވެ ވަޑައިގެންފައެވެ.
ރައީސް ޑރ މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު 30 އިންސައްތަ މަސައްކަތް ނިމިފައިވާ މިޮ ބްރިޖުގެ 76 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ.
މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ ދަށުން، މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެފަހު ސެގްމަންޓު ގުޅާލީ، ނިމިދިޔަ ހަފުތާގެ ތެރޭގައެވެ.




