Advertisement
BML Home 2nd Ad

އުޞޫލުއް ޘަލާޘާ 10

ޝިރުކުގެ ރަށުން އިސްލާމް ރަށަށް ހިޖުރަކުރުމަކީ މިއުންމަތުގެ މައްޗަށް ފަރުޟު ވެގެންވާ ކަމެކެވެ. އަދި އެއީ ޤިޔާމަތް ޤާއިމްވެއްޖައުމަށް ދަންދެން ދެމިއޮންނާނެކަމެކެވެ. ދަލީލަކީ ﷲގެ ބަސްފުޅެވެ. إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ قَالُوا فِيمَ كُنتُمْ  قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ قَالُوا أَلَمْ تَكُنْ أَرْضُ اللَّهِ وَاسِعَةً فَتُهَاجِرُوا فِيهَا  فَأُولَٰئِكَ مَأْوَاهُمْ جَهَنَّمُ  وَسَاءَتْ مَصِيرًا (97)إِلَّا الْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ لَا يَسْتَطِيعُونَ حِيلَةً وَلَا يَهْتَدُونَ سَبِيلًا (98) فَأُولَٰئِكَ عَسَى اللَّهُ أَن يَعْفُوَ عَنْهُمْ وَكَانَ اللَّهُ عَفُوًّا غَفُورًا (99)-النساء: ٩٧ – ٩٩.  މާނައީ: “ހަމަކަށަވަރުން އެއުރެންގެ ނަފުސުތަކަށް އަނިޔާވެރިވެގެން ލިބޭ ޙާލުގައި، މަލާއިކަތުން، އެއުރެންގެ މަރު ހިއްޕަވާ މީހުންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުން އުޅުނީ ކޮންގޮތެއްގައިހޭ؟އެއުރެން ދަންނަވާނެތެވެ. ތިމަންމެންވީ،ބިމުގައި ނިކަމެތިކަން ލިބިގެންވީ ބަޔަކު ކަމުގައެވެ. އެބޭކަލުން ވިދާޅުވާނެތެވެ. ތިޔަބައިމީހުން،އެ ބިމުގައި ހިޖުރަކުރުމަށް ﷲ ގެ ބިން ތަނަވަސްވެގެންނުވޭހޭ؟ފަހެ (ޤިޔާމަތްދުވަހުން) އެއުރެން ތިބެނިވި ތަނަކީ ނަރަކަޔެވެ. އެއީ،ނުބައިވެގެންވާ ނިމިދިޔުމެކެވެ. * (ހިޖުރަކުރާނެ) ގޮތެއްގެ ކުޅަދާނަކަން ލިބިގެންނުވާ،އަދި، (ހިޖުރައަށް) ދާނެމަގެއް ފެނިފައިނުވާ ނިކަމެތި ފިރިހެނުންނާއި،އަންހެނުންނާއި،ކުޑަކުދިން މެނުވީއެވެ. * އެއުރެންގެ ކިބައިން ﷲ ޢަފޫކުރެއްވުން ގާތްވެގެންވެއެވެ. ގިނަގިނައިން ޢަފޫކުރައްވާ،ގިނަގިނައިން ފާފަފުއްސަވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.”

އަދި ﷲ ތަޢާލާގެ މި ބަސްފުޅެވެ. يَا عِبَادِيَ الَّذِينَ آمَنُوا إِنَّ أَرْضِي وَاسِعَةٌ فَإِيَّايَ فَاعْبُدُونِ -العنكبوت: ٥٦.  މާނައީ: “އޭ ތިމަން އިލާހުގެ އީމާންވީ އަޅުތަކުންނޭވެ! ހަމަކަށަވަރުން،ތިމަންއިލާހުގެ ބިން ތަނަވަސްވެގެންވެއެވެ. ފަހެ،ހަމައެކަނި ތިމަންއިލާހަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ.”

Advertisement
Etukuri Inside ad 300x300 Desktop

ބަޣަވީ ރަޙިމަހުﷲ ވިދާޅުވިއެވެ. “މިއާޔަތް ބާވައިލެއްވުނު ސަބަބަކީ މައްކާގައި ހިޖުރުނުކޮށް ތިބި މުސްލިމުންނާ މެދުގައެވެ. ﷲ ތަޢާލާ މިބައިމީހުންނަށް އީމާންކަމުގެ ނަމުން ނިދާއިއްވަވާފައިވެއެވެ.

ހިޖުރަކުރުމަށް ސުންނަތުން ވާރިދުވެފައިވާ ދަލީލަކީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘެވެ. ((لاَ تَنْقَطِعُ الْهِجْرَةُ حَتَّى تَنْقَطِعَ التَّوْبَةُ،وَلا تَنْقَطِعُ التَّوْبَةُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا))މާނައީ: “ތައުބާ ބަންދުވެއްޖައުމަށް ދާންދެން ހިޖުރަކުރުން ބަންދުނުވާ ހުއްޓެވެ. އަދި މަޣުރިބު ފަރާތުން އިރު އަރައިފުމަށް ދާންދެން ތައުބާ ބަންދުނުވާ ހުއްޓެވެ.” (ނުނިމޭ)

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add