އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް) 2026 ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިންތިޒާމް ކޮސްގެންބާއްވާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް) 2026 އަކީ ޒަކާތު ހައުސް އިން ބާއްވާ އިންޓަރނޭޝަންލް 3 ވަނަ ކޮންފަރެންސް އެވެ.
މިދިޔަ އަހަރު ޒަކާތު ހައުސް އިން ބޭއްވި އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް) 2025 ގެ ވެސް ޕްލެޓިނަމް ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ.
ޒަކާތު ހައުސްއިން ބުނީ ބޭންކު އޮފް މޯލްޑިވްސް އަކީ އަބަދުވެސް ޒަކާތު ހައުިސް އިން ކުރިއަށްގެންދާ ގިނަ ހަރަކާތްތަކެއްގައި އަބަދުވެސް އެހީތެރިވެދޭ ބައިވެރިއެއް ކަމަށާއި، އޭގެ ތެރޭގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ފަހިކޮށްދިނުމާއި، ފަސޭހަކަމާއެކު ލިބެން ހުންނަ ބޭންކިން ހިދުމަތްތައް މެދުވެރިކޮށް އާންމުންނަށް ޒަކާތުގެ ވާޖިބު އަދާކުރުމަށް މަގުފަހިކޮށްދިނުންވެސް ހިމެނޭ ކަމަށެވެ.




