މި ސަރުކާރަކީ ޓީޗަރުންގެ ދުޅަހެޔޮކަމަށް އިސްކަންދޭ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދަޅުވެއްޖެ އެވެ.
ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެކްސް ގައި ކުރެއްވި ޕޯސްޓްގައި ރައީސް ޑރ މުއިއްޒު ވިދަޅުވީ މި ސަރުކާރަކީ ޓީޗަރުންގެ ދުޅަހެޔޮކަމަށް އިސްކަންދޭ ސަރުކާރެއްކަމަށާއި، އެގޮތުން ޓީޗަރުންނަށް ބުރަ ނުވާނެ ގޮތަށް މަސައްކަތްތައް ރާވައި ޓީޗަރުންގެ ޒިންމާ އަދާކުރާކުރުމަށް ފުރިހަމަކޮށްދޭންޖެހޭ ކަންކަން ރަނގަޅު ކުރުމަށް މިސަރުކާރުން އަބަދުވެސް ދަނީ އިސްކަންދެމުން ކަމަށެވެ.
Teachers everywhere are helping young people navigate a rapidly changing world. On World Teachers’ Day, we honour their knowledge, dedication and the lasting influence they have on our young minds, and express our heartfelt gratitude for their service, sacrifice and commitment for the future of our nation.
Our responsibility is to ensure that teachers have the support and conditions they need to perform their vital role effectively.
This administration is committed to prioritising teacher wellbeing, reducing excessive workloads, improving working conditions, strengthening inclusive education, and expanding teacher capacity to support children with disabilities.
When we support our teachers, we strengthen the foundation on which our children and our nation will grow. Let us continue to value the teaching profession, invest in our educators, and build an education system where every teacher has the support they need to help every child reach their full potential.
— Dr Mohamed Muizzu (@MMuizzu) October 5, 2026
އަދި މީގެ އިތުރުން ޓީޗަރުންނަށް އެ މީހުންގެ މަސައްކަތް އެންމެ ރަނގަޅު ގޮތުގައި ކުރެވޭނެ މާހައުލު ގާއިމުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެންމެގެވެސް ޒިންމާއެއް ކަމަށާއި، ޓީޗަރުންނަށް ދެވޭ އެއްބާރުލުމުގެ ސަބަބުން ދަރިވަރުންނާއި ގައުމަށް ވެސް ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސްގެ ޕޯސްޓްގައި ވަނީ ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމަށްޓަކައި ޓީޗަރުންގެ އިލްމާއި ބުރަ މަސައްކަތުން ވަމުންދާ ގުރުބާނީ ފާހަގަކުރައްވާ އެކަމަށްޓަކައި ޓީޗަރުންނަށް ޝުކުރު އަދާކުރައްވާ ފައެވެ.




