ބޮޑެތި ޕާރުސަލްތަކަށް ޚާއްޞަކޮށް މޯލްޑިވްސް ޕޯސްޓް ބިލްޑިންގ ގްރައުންޑް ފްލޯގައި ޤާއިމުކޮށްފައިވާ ޕިކްޕޯސްޓް ހުޅުވައިފި އެވެ.
ރަސްމީކޮށް މި ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް އިލްޔާސް އަޙްމަދު އެވެ.
ޕޯސްޓް އޮފީހުން ބުނީ އެ ކުންފުނީގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް ތަރައްޤީކުރުމަށާއި ޚާއްޞަކޮށް ޑެލިވަރީގެ ނިޒާމު ޒަމާނީ ފެންވަރަކަށް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި މި ބަދަލާއެކު ބޮޑެތި ޕާރުސަލްތައް ނެގުމުގައި ކަސްޓަމަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި ކަސްޓަމަރުންގެ ތަޖުރިބާއަށް ބަލައ ހިޑުމަތުގެ ފެންވަރަށް ބަދަލުގެންނާނެ ކަމަށްވެސް ޕޯސްޓް އޮފީހުން ބުނެއެވެ.




