Advertisement
BML Home 2nd Ad
ބެންކް އޮފް މޯލްޑިވްސް
ބެންކް އޮފް މޯލްޑިވްސް

މިއަހަރުގެ ފުރަތަމަ 3 ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް 1.93 ބިލިއަން ދިވެހި ރުފިޔާ! މިއީ ރިކޯޑެއް!

އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ބޭންކުން ވަނީ ތާރީހީ ކާމިޔާބީއެއް ހޯދާފައެވެ. 30ސެޕްޓެންބަރު 2026 އަށް ނިމުނު ނުވަ މަސްދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ދިވެހި ރުފިޔާ ލިބިފައިވެއެވެ. މިއީ ބޭންކުގެ ތާރީހުގައި ވެސް ނުވަ މަސްދުވަހުގެމުއްދަތެއްގެ ތެރޭގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ފަހަރެވެ. އަދި މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26 އިތުރު އަދަދެކެވެ.
▪ ތިންވަނަ ކުއާޓަރުގެ ނަތީޖާ ވަރުގަދަވުން: 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާއަކީ 647.2 މިލިއަން ރުފިޔާއެވެ. މިއީ2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 475.4 މިލިއަން ރުފިޔާއާ އަޅައިބަލާއިރު %36 އިތުރު އަދަދެކެވެ.
▪ ރައުސްމާލުގެ ފުދުންތެރިކަން: ބޭންކުގެ ރައުސްމާލު ވަނީ ވަރުގަދަކުރެވިފައެވެ. 30 ސެޕްޓެންބަރު 2026 އާ ހަމައަށް ކެޕިޓަލް އެޑިކުއެސީރޭޝިއޯ ހުރީ %38 ގައެވެ. މިއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ %12 އަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ.
▪ ކަސްޓަމަރުންގެ އިތުބާރު ބޮޑުވުން: ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓް 42.36 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ހުރި 37.19 ބިލިއަން ރުފިޔާއަށް ވުރެ %14 އިތުރު އަދަދެކެވެ.
▪ ލޯނު ދޫކުރުމުގެ އައު ރެކޯޑެއް: އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ މުއްދަތުގައި އަލަށް ދޫކުރި ލޯނުތަކުގެ ޖުމްލަ އަދަދު ވަނީ 12.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މުޅި 2025 ވަނަ އަހަރު ދޫކުރި ޖުމްލަ ލޯނަށްވުރެ ވެސް އިތުރު އަދަދެކެވެ.
▪ ރާއްޖެއިން ބޭރަށް 2.86 ބިލިއަން ޑޮލަރު: 2026 ވަނަ އަހަރުގެ ފުރަތަމަނުވަ މަސްދުވަހުގެ ތެރޭގައި، ރާއްޖޭން ބޭރަށް ފޮނުވާފައިވާ ފައިސާގެ ޖުމްލަ 2.86 ބިލިއަން ޑޮލަރަށް އަރައެވެ. މިއީ 373,600 އަށްވުރެ ގިނަރެމިޓަންސް މެދުވެރިކޮށް ކުރެވުނު މުއާމަލާތްތަކެވެ.
▪ ކަސްޓަމަރުންނަށް 722.1 މިލިއަން ޑޮލަރު ފޯރުކޮށްދިނުން: 2026 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ މުއްދަތުގައި ދިވެހި ރުފިޔާއަށްބަދަލުކޮށް ކަސްޓަމަރުންނަށް ދޫކުރި ބޭރު ފައިސާގެ އަދަދު، 2025 ވަނައަހަރުގެ މުޅި އަހަރު ދޫކުރި 733.8 މިލިއަން ޑޮލަރާ ގާތްގަނޑަކަށް އެއްވަރެވެ. މަހެއްގެ މައްޗަށް އެވްރެޖްކޮށް 80.2 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ 2025 ވަނަ އަހަރު މަހަކަށްޖެހޭ އެވްރެޖަށްވުރެ %31 އިތުރު އަދަދެކެވެ.
▪ ސެޕްޓެންބަރު މަހަކީ އާންމުކޮށް ބޭރު ފައިސާ ލިބުން ދަށް މަހެއް: ކޮންމެ އަހަރަކުވެސް ސެޕްޓެންބަރު މަހަކީ ބޭރު ފައިސާ ވަންނަ މިންވަރު އެންމެ މަދު މަސް ކަމަށްވާތީ، ބޭންކުން އަބަދުވެސް އެކަމަށް ދުރާލައި ތައްޔާރުވެއެވެ. އަދި ހަތަރުވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސީޒަންފެށުމާއެކު ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެގެންދާނެއެވެ.

 

Advertisement
Etukuri Inside ad 300x300 Desktop
ރެކޯޑް މާލީ ނަތީޖާ

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ބޭންކުން ވަނީ މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ ހާސިލްކޮށްފައެވެ. މި މުއްދަތުގައި ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26 ގެ ކުރިއެރުމެކެވެ. 2025 ވަނަ އަހަރުގެ މުޅި އަހަރު ބޭންކަށް ލިބިފައިވަނީ 2.47 ބިލިއަން ރުފިޔާގެ ސާފު ފައިދާއެވެ.

މި ކުރިއެރުން ތިންވަނަ ކުއާޓަރުގައިވެސް ވަނީ ދަމަހައްޓާފައެވެ. 2026 ގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާއަކީ 647.2 މިލިއަން ރުފިޔާއެވެ. މިއީ 2025 ގެ ތިންވަނަ ކުއާޓަރަށްވުރެ %36 އިތުރު އަދަދެކެވެ. މި ކުއާޓަރުގައި ނެޓް އިންޓަރެސްޓް އިންކަމްގެ ގޮތުގައި 874.8 މިލިއަން ރުފިޔާ (2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު: 729.7 މިލިއަން ރުފިޔާ) ލިބިފައިވާއިރު، އިންޓަރެސްޓް ނޫން އާމްދަނީގެ ގޮތުގައި 377.53 މިލިއަން ރުފިޔާ (2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު: 355.9 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.

މި ނަތީޖާ ހާސިލުކުރެވުނީ އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ދޫކުރާ ލޯނު އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމާއި، ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމުގެ ސަބަބުންނެވެ. ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ %28 ގައި ހުރިއިރު، މިއީ ސަރަހައްދީ ފެންވަރުގައިވެސް އެންމެ އެފިޝެންޓް އެއް ނަތީޖާއެވެ. ރިޓާން އޮން އިކުއިޓީ ހުރީ %14 ގައެވެ.

ބޭންކުގެ ބެލެންސް ޝީޓްވެސް ވަނީ ފުޅާވެފައެވެ. 30 ސެޕްޓެންބަރު 2026 ގައި ޖުމްލަ އެސެޓްސް ހުރީ 65.6 ބިލިއަން ރުފިޔާގައެވެ. ނެޓް ލޯންސް އެންޑް އެޑްވާންސަސް 32.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ 42.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެސެޓް ކޮލިޓީވެސް ރަނގަޅުވެ، ސްޓޭޖް 3 ލޯނު ރޭޝިއޯ ވަނީ 31 ޑިސެމްބަރު 2025 ގައި ހުރި %6.0 އިން 30ސެޕްޓެމްބަރު 2026 ގެ ނިޔަލަށް %4.8 އަށް ދަށްކުރެވިފައެވެ. އަދި މި މުއްދަތުގައި ޕްރޮވިޝަން ކަވަރޭޖް ވަނީ %100 ގައި ދެމެހެއްޓިފައެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި ނޭދެވޭ އަސަރުތަކާއެކުވެސް، މިފަދަ ގޮންޖެހުންތައް ބޮޑު މާޙައުލެއްގައި މި ނަތީޖާ ޙާޞިލު ކުރެވިފައިވުމަކީ ކުރިއަށްއޮތް ތަނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެކެވެ.

ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާއާއި ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މިއަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެއެވެ. ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީގެ ތަނަވަސްކަން ވަރުގަދަކޮށް ހުރިއިރު، ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ސަބަބުން ބޭންކުގެ ބެލެންސް ޝީޓް ދަނީ ކުރިއަރަމުން ކަމަށެވެ. 

މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އެކަނިވެސް އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް 720 މިލިއަނަށްވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފައިވެއެވެ. އަދި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް 2.86 ބިލިއަން ޑޮލަރުގެ ބޭރުގެ މުއާމަލާތްތައް މިވަނީ ފުރިހަމަކޮށްދީފައެވެ. މިއީ ދިވެހި އިގްތިސާދަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ އެންމެ އަލިގަދަ ހެއްކެވެ.

 

ރައްކާތެރި އަދި ވަރުގަދަ ރައުސްމާލާއި ލިކިއުޑިޓީގެ ހާލަތު

ރައުސްމާލު

ބީއެމްއެލް އަކީ ސަރަހައްދީ ފެންވަރުގައިވެސް އެންމެ ރަނގަޅަށް ރައުސްމާލު ބަލަހައްޓާ އެއް ބޭންކެވެ. ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ 38% ގައި ހުރިއިރު މިއީރެގިއުލޭޓަރީ ގޮތުން ބަހައްޓަންޖެހޭ އެންމެ ދަށް މިންގަނޑު ކަމަށްވާ %12 އަށްވުރެމަތީ އަދަދެކެވެ. މީގެ ސަބަބުން އިގްތިސާދީ ގޮތުން ކުރިމަތިވެދާނެ ލޮޅުންތަކުން އަރައިގަތުމުގެ ގާބިލުކަން ބޭންކަށް ލިބިގެންދެއެވެ. 31 ޑިސެންބަރު 2025 އާ އަޅައިބަލާއިރު މި ރޭޝިއޯއަށް އައި ބަދަލަކީ، ބޭންކުގެ ކެޕިޓަލް މެނޭޖްމަންޓް ސްޓްރެޓެޖީއާ އެއްގޮތަށް، އަލަށް ލޯނު ދޫކުރުމާއި އިންވެސްޓަމަންޓް ތަކުގެސަބަބުން އައި ބަދަލެކެވެ.

ލިކިއުޑިޓީ

ބޭންކުގެ ލިކިއުޑިޓީ ހާލަތު ހުރީ ވަރަށް ބޮޑަށް ތަނަވަސްކޮށެވެ. ރެގިއުލޭޓަރީ ހުރިހާމިންގަނޑުތަކަކަށް ބޭންކުން ދަނީ ފުރިހަމައަށް އަމަލު ކުރަމުންނެވެ. ބޭންކުގެ ލިކުއިޑިޓީ ދުވަހުން ދުވަހަށް މޮނިޓަރކޮށް، ކަމާބެހޭ ކޮމިޓީ ތަކުން ދަނީ ގަވާއިދުން މުރާޖައާ ކުރަމުންނެވެ. 30 ސެޕްޓެންބަރު 2026 ގެ ނިޔަލަށް:

• ކަސްޓަމަރުންގެ ޑިޕޮސިޓްގެ %36.5 ރަމްޒުކޮށްދެނީ ލިކިއުޑް އެސްޓް އެވެ.
• ލޯން–ޓު–ޑިޕޮސިޓް ރޭޝިއޯ ހުރީ %77.6 ގައެވެ. (ބޭންކުން އިންޓަރނަލީ ހިފަހައްޓާ މިންގަނޑަކީ %90)

ބޭންކުގެ ލިކިއުޑިޓީއަށް ބަލާއިރު ހާއްސަކޮށް ދިވެހި ރުފިޔާގެ ލިކިއުޑިޓީ ވަރަށް ވަރުގަދައެވެ. ބޭންކުގެ ލިކިއުޑިޓީ ކޮންމެ ދުވަހަކު ޓްރެޜަރީން މޮނިޓަރ ކުރަމުންދާއިރު، އެސެޓް އެންޑް ލައބިލިޓީ ކޮމިޓީއާއި ބޯޑު ރިސްކް ކޮމިޓީން އެކަން ގަވާއިދުން މުރާޖައާ ކުރެއެވެ. މިކަން ކުރިއަށް ގެންދަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާއި، ކުރިއާލައި އަންގައިދޭ އިންޑިކޭޓަރތަކާއި، އަދި ކުއްލި ހާލަތްތަކުގައި ފައިސާ ހޯދުމަށް ކަނޑައެޅިފައިވާ އިންތިޒާމުތައް ހިމެނޭ ހަރުދަނާ އޮނިގަނޑެއްގެ ދަށުންނެވެ.

 

ހިންގުމުގެ މާހައުލު

ދުނިޔޭގެ ހާލަތު

ޑޮލަރުގެ ފަންޑިންގ ހޯދުމަށާއި އެ ފައިސާ ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ މާލީބާޒާރުން މިހާރު ކުރިމަތިވަމުންދަނީ ކުރިއަށްވުރެ ބޮޑެތި ގޮންޖެހުންތަކެކެވެ. ފާއިތުވިދިހަވަރަކަށް އަހަރާ އަޅައިބަލާއިރު ޑޮލަރުގެ އިންޓްރެސްޓް ރޭޓްތައް މަތީމިންވަރެއްގައި ހުރިއިރު، ސަރަޙައްދީ ސިޔާސީ ނުތަނަވަސްކަމާއި ތެލުގެ އަގަށްއަންނަ ލޮޅުންތަކުގެ ސަބަބުން، ދުނިޔޭގެ އިޤްތިޞާދީ ކުރިމަގާމެދު އޮތް ޔަޤީންކަންދަނީ ކުޑަވަމުންނެވެ. މީގެއިތުރުން، ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމުތަކަށާއިތަރައްޤީވަމުން އަންނަ ކުދި އިޤްތިޞާދުތަކަށް އިންވެސްޓްކުރުމުގައި ބައިނަލްއަޤްވާމީއިންވެސްޓަރުން އިންތިހާއަށް ފަރުވާތެރިވެ، އެ ފަރާތްތަކުން ކަނޑައަޅާ ރިސްކްޕްރީމިއާތައްވެސް ވަނީ މަތިކޮށްފައެވެ.

މިފަދަ ދަތި މާހައުލެއްގެ ސަބަބުން، ކުދި ޤައުމުތަކުގެ މާލީ އިދާރާތަކަށް ލިބެންހުރިހޯލްސޭލް އަދި ކޯރެސްޕޮންޑެންޓް ޑޮލަރު ފަންޑިންގ ފުރުޞަތުތައް ވަނީ ހަނިވެފައެވެ. އަދި އެފަދަ ފަންޑިންގތަކުގެ މުއްދަތު ކުރުވެ، އޭގެ ޚަރަދު ވަނީ އިންތިހާއަށްއުފުލިފައެވެ. ނަތީޖާއެއްގެ ގޮތުން، މި ސަރަޙައްދުގެ އެހެން ބޭންކުތަކެކޭ އެއްފަދައިންމި ބޭންކަށްވެސް ޑޮލަރު ހޯދުމަށާއި، ބެލެހެއްޓުމަށާއި، އަދި މެނޭޖްކުރުމަށް ހިނގާޖުމްލަ ޚަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

 

ރާއްޖޭގެ ހާލަތު

ދިވެހިރާއްޖޭގެ އިގްތިސާދު އޮތީ ވަރުގަދަކޮށެވެ. ނަމަވެސް ބޭރު ފައިސާގެ އާމްދަނީ ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މޫސުމަށެވެ. އެއާހިލާފަށް، ކާބޯތަކެއްޗާއި ތެޔޮއެތެރެކުރުމަށާއި، ދަރަނި ދެއްކުމަށާއި، ދިވެހި އާއިލާތަކުގެ ބޭނުންތަކަށް މުޅި އަހަރުދުވަހު ބޭރު ފައިސާ ބޭނުންވެއެވެ. ހާއްސަކޮށް ދިވެހިން ރާއްޖޭން ބޭރަށް ކުރާދަތުރުތަކާއި، ކިޔެވުމާއި، ބޭސްފަރުވާ އަދި އޮންލައިން ޝޮޕިންގ އިތުރުވުމުގެސަބަބުން ޑޮލަރަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

 

ބޭންކަށް ކުރާނެ އަސަރުތައް

ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުންނާއި، ފަތުރުވެރިކަމުގެސިނާއަތުގެ މައިގަނޑު ބޭންކިންގ ބައިވެރިޔާގެ ގޮތުން، މި ހުރިހާ މާލީމުއާމަލާތްތަކެއްގެ މައި މަރުކަޒަކީ މި ބޭންކެވެ. ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރުހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި، ރާއްޖޭގެ އެތެރޭގެ ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑްހަލުވިކަމާއެކު އިތުރުވަމުން ދިއުމަކީ ބޭންކުގެ ބޭރު ފައިސާގެ ވަސީލަތްތަކަށް ބޮޑެތިގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. ބޭންކުން މި ގޮންޖެހުންތައް މެނޭޖްކުރަނީހަރުދަނާ އުސޫލުތަކެއްގެ މަތިން ބެލެންސް ޝީޓް ބަލަހައްޓައިގެންނެވެ. މީގެތެރޭގައި ބޭރު ފައިސާގެ ޑިޕޮސިޓްތައް އިތުރުކުރުމާއި ހިފެހެއްޓުމާއި، ދިގުމުއްދަތުގެބޭރު ފައިސާގެ ފަންޑިންގ ހޯދާނެ މަގުތައް އިތުރުކުރުމުގެ އިތުރުން، ބޭންކުގެއުފެއްދުންތަކާއި އަގުތައް ބާޒާރުގެ ހާލަތަށާއި ބޭންކުގެ ރިސްކް އެޕެޓައިޓްއާ އެއްގޮތަށް ގަވާއިދުން މުރާޖައާކުރުން ހިމެނެއެވެ. މި އުސޫލުގެ ސަބަބުން ބޭންކުގެމާލީ ވަރުގަދަކަން ދެމެހެއްޓި، އޭގެ ނަތީޖާއެއްގެ ގޮތުން ބޭންކުގައި ފައިސާ ރައްކާކުރާފަރާތްތަކާއި، ހިއްސާދާރުން އަދި މުޅި އިގްތިސާދުގެ ރައްކާތެރިކަންކަށަވަރުވެގެންދެއެވެ.

 

 

ދިވެހި އިގްތިސާދަށް އެހީތެރިވުން

ކަސްޓަމަރުންނަށް ފުރިހަމަކޮށްދިން ބޭރު ފައިސާގެ މުއާމަލާތްތައް

މި ބޭންކަކީ ރާއްޖޭގެ ބޭރު ފައިސާގެ މުއާމަލާތްތަކުގެ ބޮޑު ބައެއް ހިންގަމުންދާބޭންކެވެ. މީގެ ތެރޭގައި ވިޔަފާރިތަކަށް ބޭނުންވާ މުދާ އިމްޕޯޓްކުރުމާއި،ސަޕްލަޔަރުންނަށް ފައިސާ ދެއްކުމާއި، ރާއްޖެއިން ބޭރުގައި ތިބި އާއިލާތަކަށްއެހީތެރިވުމަށާއި، ތައުލީމީ އަދި ސިއްހީ ބޭނުންތަކަށް ބޭރު ފައިސާ ފޯރުކޮށްދިނުންހިމެނެއެވެ. 2026 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތަފާސްހިސާބުތަކަށްބަލާއިރު:

• ބޭރު ފައިސާގެ ރެމިޓަންސް އަދި އިމްޕޯޓް ލެޓަރ އޮފް ކްރެޑިޓް ހިމެނޭހެން،ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ ޖުމްލަ އަދަދު 2.86 ބިލިއަންޑޮލަރަށް އަރައެވެ. މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ފޮނުވި2.25 ބިލިއަން ޑޮލަރާ އަޅައިބަލާއިރު %27 ގެ އިތުރުވުމެކެވެ.
• ބޭންކުން ވަނީ ބޭރަށް ފޮނުވި 373,600 އަށްވުރެ ގިނަރެމިޓަންސްމުއާމަލާތް ފުރިހަމަކޮށްދީފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައިފުރިހަމަކުރި  މުއާމަލާތަށްވުރެ %19 އިތުރު އަދަދެކެވެ.
• ބޭރަށް ފޮނުވި ފައިސާގެ އަދަދު މަހެއްގެ މައްޗަށް އެވްރެޖްކޮށް 318 މިލިއަން ޑޮލަރުގައި ހުރިއިރު، މުޅި 2025 ވަނަ އަހަރަށް ބަލާއިރު މަހެއްގެ އެވްރެޖަކީ 273 މިލިއަން ޑޮލަރެވެ.
• ހަމަ މި މުއްދަތުގައި، ރެމިޓަންސް އަދި ކާޑު ސެޓްލްމަންޓްތަކުގެ ޒަރީއާއިންބޭންކަށް 2.96 ބިލިއަން ޑޮލަރު ވަދެފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެފުރަތަމަ ނުވަ މަސްދުވަހާ އަޅާބަލާއިރު %15 އިތުރު އަދަދެކެވެ. މިއިންދޭހަވަނީ ފަތުރުވެރިކަމުގެ ދާއިރާއާ ބޭންކާ ދެމެދު އޮތް ގުޅުން ވަރުގަދަވަމުންދާމިންވަރެވެ.

 

ކަސްޓަމަރުންނަށް ފޯރުކޮށްދީފައިވާ ބޭރު ފައިސާ

ކަސްޓަމަރުންގެ އަމިއްލަ ބޭރު ފައިސާގެ އެކައުންޓްތަކުން ކުރާ މުއާމަލާތްތަކުގެއިތުރުން، ޒަރޫރީ ބޭނުންތަކަށް ބޭންކުން ދަނީ ދިވެހި ރުފިޔާއަށް ބޭރު ފައިސާމާރުކޮށްދެމުންނެވެ. އެގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުބޭންކުން ވަނީ 722 މިލިއަން ޑޮލަރު ފޯރުކޮށްދީފައެވެ. މިއީ 2025 ވަނަ އަހަރުގެ މުޅިއަހަރު ދޫކުރި 734 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެކެވެ. އަދި މިއީ މަހެއްގެ މައްޗަށްއެވްރެޖްކޮށް 80 މިލިއަން ޑޮލަރެވެ. މިއީ 2025 ވަނަ އަހަރުގެ މަހެއްގެ އެވްރެޖްކަމަށްވާ 61 މިލިއަން ޑޮލަރަށްވުރެ %31 އިތުރު އަދަދެކެވެ. އަދި 2022 ވަނައަހަރުގެ މަހެއްގެ އެވްރެޖް ކަމަށްވާ 32 މިލިއަން ޑޮލަރާ އަޅައިބަލާއިރު ދެގުނައަށްވުރެބޮޑު އަދަދެކެވެ. 2021 ވަނަ އަހަރުން ފެށިގެން ބޭންކުން ވަނީ ރުފިޔާގެ ބަދަލުގައި 3 ބިލިއަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައެވެ.

2026 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ދޫކުރި ބޭރު ފައިސާ ބެހިފައިވާ ގޮތް:

• ކާޑު މުއާމަލާތްތައް: 336 މިލިއަން ޑޮލަރު. ރުފިޔާ އެކައުންޓްތަކުގެ ކާޑުތަކުންބޭރުގައި ކުރި މުއާމަލާތްތަކުގެ އެވްރެޖަކީ މަހަކު 37 މިލިއަން ޑޮލަރެވެ. މިއީ2025 ވަނަ އަހަރުގެ އެވްރެޖަށްވުރެ %15 އިތުރު އަދަދެކެވެ. މީގެ ތެރެއިންއީ–ކޮމާސް މުއާމަލާތްތަކަށް 208 މިލިއަން ޑޮލަރު (ޖުމްލަ %62) ހޭދަކޮށްފައިވާއިރު، ރާއްޖެއިން ބޭރުގެ ޕޮއިންޓް–އޮފް–ސޭލްތަކަށް 93 މިލިއަންޑޮލަރު އަދި އޭޓީއެމް މެދުވެރިކޮށް 34 މިލިއަން ޑޮލަރު ނަގާފައިވެއެވެ.
• ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ): 224 މިލިއަން ޑޮލަރު. ކަސްޓަމަރުންފޮނުވާ ޓީޓީއަށް ބޭންކުން ވިއްކާފައިވާ ބޭރު ފައިސާގެ އަދަދު މިހާރުވެސް ވަނީ2025 ވަނަ އަހަރުގެ މުޅި އަހަރު ދޫކުރި 175 މިލިއަން ޑޮލަރަށްވުރެ %28އިތުރުވެފައެވެ.
• ދަތުރުފަތުރަށް ދޫކުރި ނަގުދު ފައިސާ: 86 މިލިއަން ޑޮލަރު. މީގެ ތެރޭގައިހައްޖާއި އުމްރާގެ އަޅުކަމަށް ރާއްޖެއިން ބޭރަށް ދަތުރުކުރި ފަރާތްތަކަށް ދޫކުރި5.8 މިލިއަން ޑޮލަރު ހިމެނެއެވެ.
• ތައުލީމީ ބޭނުންތަކަށް: 40 މިލިއަން ޑޮލަރު. ރާއްޖެއިން ބޭރުގައި ކިޔަވާދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން މަހަކު އެވްރެޖްކޮށް 4.4 މިލިއަން ޑޮލަރުދޫކޮށްފައިވެއެވެ.
• ސިއްހީ ބޭނުންތަކަށް: 33 މިލިއަން ޑޮލަރު. މިއީ މުޅި 2025 ވަނަ އަހަރުދޫކުރި 14 މިލިއަން ޑޮލަރަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.

މި ތަފާސްހިސާބުތަކުން ހާމަވަނީ ރާއްޖޭގެ އިގްތިސާދު ހިންގުމުގައި ބޭންކުންއަދާކުރާ މުހިންމު ދައުރާއި، ދުނިޔޭގެ މާލީ ބާޒާރުގެ ހާލަތަށް އަންނަބަދަލުތަކާއެކުވެސް، އިތުރުވަމުންދާ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައިބޭންކު ދެމިއޮތް މިންވަރެވެ.

  

ބޭރު ފައިސާ ލިބުމުގެ މޫސުމީ ބަދަލުތައް

ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރު ބިނާވެފައިވަނީ ފަތުރުވެރިކަމުގެމޫސުމަށެވެ. އެގޮތުން، ފަތުރުވެރިކަމުގެ އެންމެ ރަނގަޅު ދުވަސްވަރު ކަމަށްވާޑިސެންބަރު މަހުން އޭޕްރީލް މަހުގެ ނިޔަލަށް ބޭރު ފައިސާ ވަންނަ މިންވަރުއިތުރުވެފައި، މޭ މަހުން އޮކްޓޫބަރު މަހުގެ ނިޔަލަށް މި މިންވަރު މަދުވެއެވެ. މިބަދަލުތަކަށް ބަލާއިރު، ސެޕްޓެންބަރު މަހަކީ އަބަދުވެސް ބޭންކަށް ބޭރު ފައިސާވަންނަ މިންވަރު އެންމެ ދަށްވާ މަހެވެ.

• 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭންކަށް ބޭރު ފައިސާގެ ގޮތުގައިލިބިފައިވަނީ 257 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ އެ އަހަރުގެ މަހަކަށް ޖެހޭއެވްރެޖް މިންވަރަށްވުރެ ގާތްގަނޑަކަށް %17 ދަށް އަދަދެކެވެ. އަދި 2025 ވަނަ އަހަރު ބޭރު ފައިސާ އެންމެ ގިނައިން ބޭރުވެފައިވަނީ ވެސް ސެޕްޓެމްބަރުމަހުގައެވެ.
• 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭރު ފައިސާ ވަން މިންވަރަކީ 240 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ އެ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެއެވްރެޖަށްވުރެ ގާތްގަނޑަކަށް %27 ދަށް އަދަދެކެވެ.
• ސެޕްޓެންބަރު މަހަކީ ބޭރުގައި ކިޔަވާ ދަރިވަރުންގެ ތައުލީމީ އައު އަހަރު ފެށޭދުވަސްވަރު ކަމަށްވުމުން، ތަޢުލީމީ ޚަރަދުތަކަށް ބޭރު ފައިސާ ބޭނުންވާމިންވަރު މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެއެވެ. އެގޮތުން 2026 ވަނައަހަރުގެ ސެޕްޓެންބަރު މަހު ތައުލީމީ ކަންކަމަށް 8.2 މިލިއަން ޑޮލަރުދޫކޮށްފައިވެއެވެ. މިއީ އެ އަހަރުގެ އެހެން މަސްތަކާ އަޅައިބަލާއިރު އެންމެ ގިނައަދަދެއް ދޫކުރި މަހެވެ. އަދި މިއީ އެވްރެޖް މަހެއްގައި ދޫކުރާ މިންވަރަށްވުރެގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.

ފަތުރުވެރިކަމުގެ މޫސުން ފެށުމާއެކު މި ހާލަތު ބަދަލުވެގެންދެއެވެ. 2025 ވަނައަހަރުގެ ފަހު ކުއާޓަރުގައި ބޭންކަށް ވަން ބޭރު ފައިސާގެ މިންވަރު އިތުރުވެފައިވާއިރު،2025 ގެ ޑިސެންބަރު މަހު ލިބުނު 461 މިލިއަން ޑޮލަރަކީ އެ އަހަރުގެ ސެޕްޓެންބަރުމަހާ އަޅައިބަލާއިރު %80 އިތުރު އަދަދެކެވެ. ބޭންކުން ކޮންމެ އަހަރަކުވެސްލިކިއުޑިޓީ ޕްލޭން ކުރަނީ މިފަދަ މޫސުމީ ބަދަލުތަކަށް ރިއާޔަތްކޮށްގެންނެވެ.

 

ޒިންމާދާރުކަމާއެކު ބޭރު ފައިސާ މެނޭޖްކުރުން

ބޭންކުން ބޭރު ފައިސާ މެނޭޖްކުރަނީ ހާމަކަން ބޮޑު، އަދި އެންމެ މުހިންމުބޭނުންތަކަށް އިސްކަންދޭ އުސޫލެއްގެ ދަށުންނެވެ.    

 2026ވަނަ އަހަރުމިގޮތުން އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

• ކާޑުން ކުރާ މުއާމަލާތްތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުން. އީ–ކޮމާސްމުއާމަލާތްތަކަށް މަހުން މަހަށް ކަނޑައަޅާފައިވާ މިންވަރާއި، އެކި ބޭނުންތަކަށްދުވާލަކަށް ދޫކުރާ ބަޖެޓް އާންމުކުރުން. މީގެ ބޭނުމަކީ ލިބެން ހުރި ބޭރުފައިސާ އެންމެ މުހިންމު ކަންކަމަށް އިސްކަންދީގެން ބަހާލެވޭ ގޮތްކަސްޓަމަރުންނަށް ހާމަކޮށްދިނުމެވެ.
• އަސާސީ ބޭނުންތަކަށް އިސްކަންދިނުން: ދަތުރުފަތުރުގެ ލިމިޓްތައްކަނޑައެޅުމާއި، ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށް ބޭނުންވާ ބޭރު ފައިސާލިބޭނެ މަގު ފަހިކޮށްދިނުމާއި، އަދި ބޭރުގައި ކިޔަވާ ދަރިވަރުންނަށް އޭޓީއެމްމެދުވެރިކޮށް ފައިސާ ނެގުމަށް ހާއްސަ މަހު ލިމިޓެއް ކަނޑައަޅައި، ޑެބިޓް ކާޑުންފައިސާ ނަގާއިރު ނަގާ ކްރޮސް–ބޯޑަރ ފީތައް އުނިކުރުން ހިމެނެއެވެ.
• އުފެއްދުންތެރި އިގްތިސާދަށް އެއްބާރުލުން ދިނުން. ވިޔަފާރި މުއާމަލާތްތަކާއި،ދަރަނި އަދާކުރުމާއި، ފަތުރުވެރިކަމުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ފައިސާދޫކުރުމަށް އިސްކަންދިނުން.
 
ކުރިމަގު

2026 ވަނަ އަހަރުގެ ފަހު ކުއާޓަރާ ބޭންކުން ކުރިމަތިލަނީ ވަރަށް ވަރުގަދަ މާލީހާލަތެއްގައެވެ. ފަތުރުވެރިކަމުގެ މޫސުމާއެކު ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވާނެކަމަށާއި، މުޅި އަހަރުގެ ނަތީޖާ ވަރަށް ކާމިޔާބުވާނެ ކަމަށް ބޭންކުން އުންމީދުކުރެއެވެ. ކުރިމަގަށް ބަލާއިރު، ފަންޑިންގ ހޯދާ ވަސީލަތްތައް ބޭންކުން އިތުރަށްފުޅާކުރާނެއެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ މާކެޓްތަކުން ދިގު މުއްދަތުގެ ބޭރުފައިސާގެ ފަންޑިންގ ހޯދުން ހިމެނެއެވެ. މީގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާއާއި، އެދާއިރާއަށް ޚިދުމަތްދޭ ވިޔަފާރިތަކާއި، މުޅި ދިވެހި އިގްތިސާދަށް މާލީ އެހީތެރިކަންފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރުމެވެ. ބޭންކުން އަބަދުވެސް ދެމިއޮންނާނީކަސްޓަމަރުންނާއި، ހިއްސާދާރުންނާއި އަދި ގައުމުގެ މަސްލަހަތަށްޓަކައި ބޭންކުގެރައުސްމާލާއި ލިކިއުޑިޓީ ވަރުގަދަކޮށް، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ރިސްކްމެނޭޖްކޮށް، ގަވަރނަންސްގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add