Advertisement
BML Home 2nd Ad

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެ ލޯބިވުމުގެ ނަތީޖާ

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވުމުގެ ޘަވާބެއްގެ ގޮތުން އެކަލޭގެފާނާއެކު ސުވަރުގޭގައިވުން އަހަރެމެންނަށް ޙާޞިލްކުރެވޭނެކަމަށް ޞައްޙަ ޙަދީޘުން ސާބިތުވެފައިވެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

فَقَدْ سَأَلَهُ رَجُلٌ عَنِ السَّاعَةِ؟ فَقَالَ: ))ما أَعْدَدْتَّ لهَاَ؟(( قَالَ: يَا رَسُولَ اللهِ: مَا أَعْدَدْتُ لَهاَ كَبِيرَ صِيَامٍ، وَلاَ صَلاَةٍ، وَلاَ صَدَقَةٍ، وَلَكنِّي أُحِبُّ اللهَ وَرَسُولَهُ، قَالَ: ))فَأَنْتَ مَعَ مَنْ أَحْبَبْتَ((

[ البخاري برقم (617)، ومسلم برقم)2639(].

 قَالَ أَنَسٌ: فَمَا فَرِحْنَا بَعْدَ الإِسْلَامِ فَرْحاً أَشَدُّ مِنْ قَوْلِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: ))أَنْتَ مَعَ مَنْ أَحْبَبْتَ(( فَأَنَا أُحِبُّ اللهَ وَرَسُولَهُ، وَأَبَا بَكْرٍ، وَعُمَرَ، فَأَرْجُو أَنْ أَكُونَ مَعَهُمْ وَإِنْ لَمْ أَعْمَلْ بِأَعْمَالِهمْ [مسلم برقم (163) (2639(]
އެއްދުވަހަކު ސަޙާބީއަކު ޤިޔާމަތްދުވަހާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލުކުރެއްވިއެވެ؟ އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވީ އެ ދުވަހަށްޓަކައި ތިބާ ތައްޔާރުކުރީ ކޮންކަމެއްތޯއެވެ. ޖަވާބުގައި ސަޙާބީ ވިދާޅުވިއެވެ. މާ ގިނަ ރޯދަތަކަކާއި މާގިނަ ނަމާދުތަކެއް އަދި މާގިނަ ޞަދަޤާތްތަކެއް ނެތެވެ. އެކަމަކު ތިމަންނާ ﷲ އާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވެއެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތިބާ ވަނީ ތިބާ ލޯބިވީ ބަޔަކާ އެކުގައެވެ. އަނަސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ތިމަންނާ އިސްލާމްވީ ދުވަހަށް ފަހުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ “ތިބާ ވަނީ ތިބާ ލޯބިވީ ބަޔަކާ އެކުގައޭ” މިހެން ޙަދީޘްކުރެއްވި ދުވަހަށް ވުރެ އުފާވީ ދުވަހެއް ނާދެއެވެ. އަހަރެން ﷲ އާ އެއިލާހުގެ ރަސޫލާދެކެ ލޯބިވަމެވެ. އަދި އަބޫބަކުރު ރަޟިޔަﷲ ޢަންހުއާއި ޢުމަރު ރަޟިޔަﷲ ޢަންހުދެކެވެސް މެއެވެ. އެބޭކަލުންގެ ޢަމަލުތައް ފަދަ ޢަމަލުތަކެއް ނުކުރެވުނު ކަމުގައިވިޔަސް އެބޭކަލުންނާއެކު ވުމަށް ތިމަން އުއްމީދުކުރަމެވެ.
عن ابنِ مسعودٍ رضي اللهُ عنه قال : جاءَ رَجُلٌ إِلى رسولِ اللهِ صَلَّى اللهُ عَلَيْهِ وسَلَّم فقال : يَا رَسُولَ اللهِ كَيْفَ تَقُولُ في رَجُلٍ أَحَبَّ قَوْماً وَلَمْ يَلْحَقْ بِهِمْ ؟ فَقَالَ رسولُ اللهِ صَلَّى اللهُ عَلَيْهِ وسَلَّمَ : ((المَرْءُ مَعَ مَنْ أَحَبَّ)) [البخاري برقم )6170(]
އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ބަޔަކު ދެކެ ލޯބިވި އެހެންނަމަވެސް އެބަޔަކާ (ޢަމަލުކުރުމުގެ ގޮތުން) އަރާހަމަނުކުރެވުނު މީހަކާ ބެހޭގޮތުން ކަލޭގެފާނު ވިދާޅުވަނީ ކީކޭތޯއެވެ؟ ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އިންސާނާ ވަނީ އޭނާ ލޯބިވީ މީހުންނާ އެކުގައެވެ.”

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللهُ غَفُورٌ رَحِيمٌ﴾ [ آل عمران31] މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ ﷲދެކެ ލޯބިވާ ބަޔަކު ކަމުގައި ވަނީނަމަ ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އެއިރުން ﷲ ތަޢާލާ ތިޔަބައި މީހުންދެކެ ލޯބިވެ ވޮޑިގަންނަވާނެއެވެ.”

މި އާޔަތަށް ކިޔެނީ އާޔަތުލް މިޙްނަތި އާދެ އިމްތިޙާނުގެ އާޔަތެވެ. އެއީ އެ އާޔަތުން އެއިލާހުގެ އަޅުތަކުން އިމްތިޙާނުކުރެވިގެންދާ އާޔަތެވެ. ﷲ ތަޢާލާ ދެކެ އަޅާ ލޯބިވާކަމުގެ ޢަލާމާތަކީ އޭނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމެވެ. އަދި ހަމައެއާއެކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވި ކަންތައްތަކުން އޭނާ ދުރުހެލިވުމެވެ. ވޭތުވެދިޔަ އާޔަތްތަކުންނާއި ޙަދީޘްތަކުން އެނގޭގޮތުގައި އިންސާނާ ވަނީ އޭނާ ލޯބިވީ މީހަކާ އެކުގައެވެ. އެހެންކަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މުއުމިނުން ދެކެ ލޯބިވެއްޖެ މީހަކު ފަހެ އެމީހާ ވަނީ އެކަލޭގެފާނާއި މުއުމިނުންނާ އެކުގައެވެ. ކާފިރުންދެކެ ލޯބިވެއްޖެ މީހަކު ވާހުށީ ކާފިރުންނާ އެކުގައެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add