ސަރުކާރުން ހއ. ދިއްދޫގައި ޒަމާނީ ފެންވަރަށް ތަރައްގީކުރި އައުޑްޑޯރ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ވޮލީކޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ޔޫތު މިނިސްޓަރ ވަޒީރު ޢަބްދުﷲ ރާފިޢު އައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ލަތީފް އާއި މި ވޮލީކޯޓު ދިއްދޫގައި ތަރައްގީކުރި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަޙުމަދު މުބީން އެވެ.
2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު އެ ކުންފުންޏާ ހަވާލުކުރި މި މިަސައްކަތް 1 އަހަރުގެ ކުރިން މިވަނީ ނިންމައި ބޭނުންކުރަންފަށާފައެވެ.




