Advertisement
BML Home 2nd Ad

ފިރިމީހާ މަސްތުވާތަކެތި ބޭނުންކުރުމަކީ، އަނބިމީހާ ވަރިއަށް އެދުން ހުއްދަވާ ސަބަބެއްތަ؟

ސުވާލު: ފިރިމީހާ މަސްތުވާތަކެތި ބޭނުންކުރުމަކީ، އަނބިމީހާ ވަރިއަށް އެދުން ހުއްދަވާ ސަބަބެއްތޯއެވެ؟

Advertisement
Etukuri Inside ad 300x300 Desktop

ޖަވާބު: الحمد لله والصّلاة والسّلام على رسول الله.

އަސްލަކީ ވަރިއަށް އެދުން ހުއްދަވާ ސަބަބެއް އޮވެގެން މެނުވީ، އަނބިމީހާ ފިރިމީހާ ކައިރިން ވަރިއަށް އެދުން ހުއްދަނުވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (أَيُّمَا امْرَأَةٍ سَأَلَتْ زَوْجَهَا الطَّلَاقَ مِنْ غَيْرِ مَا بَأْسٍ فَحَرَامٌ عَلَيْهَا رَائِحَةُ الْجَنَّةِ) رواه أحمد (21874) وأبو داود (2226) والترمذي (1187) وصححه الألباني في “إرواء الغليل” (2035).އެއްވެސް އަންހެނަކު (ޝަރްޢީ) ސަބަބަކާނުލައި  އެކަނބުލޭގެ ފިރިމީހާގެ ގާތުން ވަރިއަށް އެދިއްޖެނަމަ، ފަހެ ސުވަރުގޭގެ ވަސް އެކަނބުލޭގެ މައްޗަށް ޙަރާމްވެގެންވެއެވެ.”

ޝައްކެއްވެސް ނެތްގޮތުގައި ފިރިމީހާ މަސްތުވާތަކެތި ބޭނުންކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު އަނބިމީހާއަށް ފޯރާނޭކަމެކެވެ. އެކަމުގެ ސަބަބުން އެކަނބުލޭގެއަށް ދުނިޔެއާއި ދީންވެސް ގެއްލިގެންދެއެވެ. އެހެނީ އޭނާ މަސްތުގައިވާ ޙާލު އަނބިމީހާއަށް ގެއްލުންދީ، ބައެއް ފަހަރަށް ތަޅައި އަނިޔާކޮށް، އަދި އެއްޗެހި ކިޔައި، ޙަރާމްކަންކަން ކުރުމަށް މަޖްބޫރުނުކުރާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނޯންނާނެއެވެ.

ފިރިމިހާ މަސްތުވާތަކެތި ބޭނުންކުރުމަކީ އަނބިމީހާ ވަރިއަށް އެދުން ދީނީގޮތުން ހުއްދަވާ ސަބަބެކެވެ. އެކަމަކު، މިފަދަ ޙާލަތެއް ދިމާވެއްޖެނަމަ، ފުރަތަމަ ކުރަންޖެހޭ ކަމަކީ ކެތްތެރިވެ އޭނާ އިޞްލާޙުކުރެވޭތޯ މަސައްކަތްކުރުމެވެ. އިޞްލާޙުނުވިނަމަ ނުވަތަ ފިރިމީހާ މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އަނބިމީހާއަށް އެކިއެކި ގޮތްގޮތުން ގެއްލުން ލިބޭނަމަ، އެފަދަ މީހެއްގެ ކައިރިން ވަރިއަށް އެދުމަކީ ހުއްދަކަމެކެވެ.

ޝައިޚް މުޙައްމަދު ބިން އުޘައިމީން ރަޙިމަހުﷲއާ އެކަމާބެހޭގޮތުން ސުވާލު ކުރެވުނެވެ.

“މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފިރިމީހާގެ ގާތުން ވަރިއަށް އެދުމުގެ ހުކުމަކީ ކޮބައިތޯ؟ އޭނާއާ އެކުގައި ދިރިއުޅުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަނބިމީހާއަށާއި ދަރީންނަށް ޚަރަދުކުރާނޭ އޭނާ ފިޔަވައި އެހެން މީހަކު ނެތެވެ.”

ޝައިޚް ޖަވާބުގައި ވިދާޅުވިއެވެ.

“އަނބިމީހާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފިރިމީހާ ކައިރިން ވަރިއަށް އެދުމަކީ ހުއްދަކަމެކެވެ. ސަބަބަކީ އެކަބުލޭގެ ފިރިމީހާ އެވަނީ ޤަބޫލުކުރެވޭ ޙާލަތެއްގައެއް ނޫނެވެ. މި ޙާލަތުގައި އެކަނބުލޭގެ ވަރިއަށް އެދެފިނަމަ، ދަރީންނަށް ހަތް އަހަރު ނުފުރޭހިނދު، ދަރީން ތިބެންވާނީ އެކަނބުލޭގެ ގާތުގައެވެ. އަދި ދަރީންނަށް ޚަރަދުކުރުން ލާޒިމުވާނީ ދަރީންގެ ބައްޕަގެ މައްޗަށެވެ. ނަސޭހަތް ދީގެންވިޔަސް އޭނާ އިޞްލާޙުކުރުމަށްޓަކައި، އޭނާއާ އެކުގައި އުޅެން ބޭނުންނަމަ އެގޮތް ހެޔޮވެގެންވެއެވެ.”

“فتاوى المرأة المسلمة” (2/745، 746)

والله أعلم.

 

މަރްޖިޢު

https://islamqa.info/ar/answers/111875

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add