ސައޫދީ އަރަބިއްޔާގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް، ހޫޘީ ހަނގުރާމަވެރިން ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނި އާންމު ރައްޔިތުންނާއި އިންފްރާސްޓްރަކްޗަރ އަށް އަމާޒުކޮށް ހޫތީން ދީފައިވާ ހަމަލާއަކީ މުޅި ސަރަހައްދުގެ ސުލްހަމަސަލަސްކަމާއި ހަމަޖެހުމަށް ނުރައްކާ ކުރިމަތިވާނެ ކަމެއް ކަމަށާއި، އެފަދައިން އާންމު ރައްޔިތުންނާއި އިންފްރާސްޓްރަކްޗަރ އަށް ހަމަލާތައް ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ.
Statement by the Government of Maldives condemning the attack targeting King Khalid International Airport in Riyadh
📃Statement | https://t.co/4oCVk87wSj https://t.co/isJLKaI1w2
— Ministry of Foreign Affairs 🇲🇻 (@MoFAmv) October 11, 2026
އެހެންކަމުން އެ ހަމަލާ އެންމެ ހަރުކަށިު އިބާރާތުން ކުއްވެރިކޮށް ، ސައޫދީ އަރަބިއްޔާގެ ރައްޔިތުންނަށާއި މި ހަމަލާގައި ވަކިވެދިޔަ މީހުންގެ އާއިލާތަކަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ރާއްޖެއިން ވަނީ ފޮނުވާފައެވެ.
ހޫތީން އިއްޔެ ދިން މި ހަމަލާގައި އެއާޕޯޓުގައި ހަރަކާތްތެރިވި 12 މީހުން ނިޔާވެ، 309 މީހުން ވަނީ ޒަހަމްވެފައެވެ.




