އަމީނީ މަގު މަރާތު މަސައްކަތުގެ 3 ވަނަ ސެގްމަންޓްގެ އެބީސީއެޅުމުގެ މަސައްކަތް މާދަމާ ނިންމާލެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
މި ސެގްމަންޓްގެ ތާރުއެޅުމާއި މަގުގެ ނިޝާންތައް ހަރުކުރުމާއި ކުރެހުމުގެ މަސައްކަތް އަންނަ ހަފްތާގައި ކުރިއަށްދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
އެމްޓީސީސީ އިން މި މަހުގެ 3 ވަނަ ދުވަހު ވަނީ އަމީނީމަގުގެ ސެގްމަންޓް 1 އަދި 2 ގެ މަސައްކަތް ފުރިހަމަކޮށް، އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ. އެގޮތުން އެމްޓީސީސީ އިން ބުނީ އަމީނީ މަގު މަރާމާތުކުރުމަށް އެކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކުރީގެ ހައުސިންގ މިނިސްޓްރީ އިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ބައި މަރާމާތުކޮސް ނިންމައި އާންމު ދަތުރުފަތުރަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ABC compaction works at Ameenee Magu are scheduled to be completed tomorrow, with asphalt works set to commence this week. Road marking works are expected to begin next week.
#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC https://t.co/oFiYSitPOa
— MTCC Plc (@MTCCPlc) October 11, 2026
މިހާރު ކުރިއަށްދާ 3 ވަނަ ސެގްމެންޓުގެ ދަށުން ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް 1،148.91 އަކަމީޓަރުގެ ސަރަހައްދެއް މަރާމާތުކުރާނ ެއެވެ.
ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި ބޮޑު ހޭދައެއް ކޮށްގެން ތާރުއަޅައި ތަރައްގީކޮށްފައިވާ އަމީނީ މަގުގެ ހުޅަނގު ކޮޅުގެ ބޮޑު ސަރަހައްދެއް ހަލާކުވެ އެއްގަމު އުޅަނދު ފދުއްވުމަށް ހުރަސްއެޅިފައިވާތީ އަމީނީމަގު މަރާމާތުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ މި އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.




