މާލޭގައި ރެއިން ފެށިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި ހ މާދޫގެ އިން ގިނައަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި އެވެ.
ފުލުހުން ބުނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަނގުރާ ދައުރުކުރާ ބޮޑު ނެޓްވޯކެއް އަތުލައިގަތުމަށް ހިންގި އޮޕަރޭޝަނުގައި ހ. މާދޫގެ 1 ވަނަ ފަންގިފިލާ އާއި 5 ވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެ ގެ ބަލައި ފާސްކުރުމުގައި ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އެސަރަޙައްދުގައި މިހާރުވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.




