ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުން ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ކަސްޓަމްސްއިން ހޯދައިފި އެވެ.
ކަސްޓަމްސްއިން ބުނީ މިދިޔަ ބުދަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަން ދިޔަ އިންޑިއާ މީހަކު ކަސްޓަމްސްއަށް ޑިކްލެއާނުކޮށް ބޭރުކުރަން އުޅުނު 905,669.80 އަށްވާވަރުގެ ބޭރު ފައިސާ ހިފަހައްޓާފައިވާ ކަމަށެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 09 ލައްކައަށްވުރެ ގިނަ ރުފިޔާއާ އެއްވަރުގެ ބޭރު ފައިސާ ކަސްޓަމްސްއިން އަތުލައިގެންފި. https://t.co/O7nXw3rE0z
— Maldives Customs Service (@CustomsMv) October 12, 2026
ކަސްޓަމްސްއިން އިތުރަށް ބުނީ މި ފައިސާތަކުގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭ ކަމަށެވެ.




