ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އެ ޤައުމުގެ ވެރިރަށް އިސްލާމްއާބާދަށް ވަޑައިގެންފި އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޖހައްމ،ަދު މުއިއްޒު މި މަހުގެ 20 އިން 22 ގެ ނިޔަލަށް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ގައުމުގެ އިސްވެރީންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.
His Excellency President Dr @MMuizzu and First Lady @sajidhaamohamed arrive in Pakistan on a State Visit.
Upon arrival at Islamabad International Airport, the President and First Lady were accorded a 21-gun salute. The President will be accorded an official welcome tomorrow at Prime Minister’s House, the official residence of the Prime Minister of Pakistan. The State Visit, taking place from 20 to 22 October 2026, is being undertaken at the invitation of Prime Minister Muhammad Shehbaz Sharif.
#MaldivesPakistan
— The President’s Office (@presidencymv) October 20, 2026
އަދި އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ރަސްމީ ވާހަކަފުޅުތައް ބާއްވުމާއި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން، ދިފާއީ އަދި އަސްކަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށްޓަކައި 12 އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ރައިސް އޮފީހުން ބުނެއެވެ.




