އިކުއެޑޯގެ ފައްޅިއެއްގައި އަޅުކަންކުރަމުންދަނިކޮށް ބޮލަށް ސޮލީބު ވެއްޓީ ފާދިރީއަކު މަރުވެއްޖެ އެވެ.
މި މަހުގެ 17 ވަނަ ދުވަހު ހިނގި މި ހާދިސަގައި ފާދިރީގެ ބޮލަށް ލަކުޑިން ހަދާފައިވާ ބޮޑު ސޮލީބް ވެއްޓޭ މަންޒަރު ފެންނަ ވޯޑިއޯތަށް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމު ވެފައެޗވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ފާދިރީ އިސްވެ ފައްޅީގައި އެވަގުތު ބާއްވަމުންދިޔަ އަޅުކަމުގެ ކަންކަން ސޯޝަލް މީޑިއާގައި ލައިވް ކުރަމުން ދަނިކޮށް ކަމަށެވެ.މަންޒަރުތަކުން ފެންނަ ގޮތުން ފާދިރީގެ ފަހަތުގައި ހަރުކޮށްފައި ހުރި ބޮޑު ލަކުޑި ކްރޮސް ކުއްލިއަކަށް ވެއްޓެނީ ފާދިރީ ސަންޗޭޒްގެ ބޮލަށެވެ. އެއާއެކު ވަގުތުން ފާދިރީ ވެއްޓެއެވެ. އަދި އއެވަގުތު ފައްޅީގައި ތިބި މީހުންގެ ހަޅޭކުގެ އަޑާއި އެމްބިއުލާންސް އަށް ގުޅުމަށް ގޮވާ އަޑުވެސް ލައިވް ސްޓްރީމްގައި ފެނެއެވެ.
އެ ބޮޑު ސޮލީބު ފާރު މަތިން ވެއްޓުނު ސަބަބެއް ކަމާ ބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން އެ ސަރަހައްދުގެ އޮފިޝަލުންވެސް އެއްވެސް އެއްޗެއް ނުބުނާ ކަމަށް ރިޕޯޓްތައް ބުނެއެވެ.އެވެ.




