ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ށ ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާންރޯވެ އަންދަމުންދާތީ ކުޅުދުއްފުށި ފަޔަރ ސްޓޭޝަން ގެ ސިފައިން މިހާރު އެރަށަށް ދިއުމަށް ދަތުރު ކުރަމުންދާކަމަށެވެ.
މީގެ އިތުރުން ފުނަދޫ އެއަރޕޯޓުގެ ފަޔަރ ފައިޓަރުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ޕެޓްރޯލް ޝެޑާއި ޖެހިހެން ހުރި 2 ގުދަނެއްގައިވެސް ވަނީ އަލިފާން ރޯވެފައެވެ.




