މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި އިންޑިއާގެ ނޭވީ ގުޅިގެން ކަނޑުމަތީގެ ޚާއްޞަ ތަމްރީނު ހަރަކާތެއް ކުރިއަށްގެންގޮސްފި އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް 'ޢިމާދުއްދީން’އާއި، އިންޑިއާ ނޭވީގެ ފަސްޓް ޓްރެއިނިންގ ސްކޮޑްރަން ގުޅިގެން ކުރިއަށްގެންދިޔަ މި ހާއްސަ ތަމްރީނު ހަރަކާތުގެ ނަމަކީ 'ޕެސެޖް އެކްސަސައިޒް' އެވެ.
އެމްއެންޑީއެފް އިން ބުނީ މި ތަމްރީނުގެ ޒަރިއްޔާއިން، ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، މެރިޓައިމް ކޯޕަރޭޝަން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންގޮސްފައިވާ ކަމަށާއި، މި ތަމްރީނު ހަރަކާތަކީ ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ ޒަމާންވީ އެކުވެރިކަމާއި، ގާތް މެރިޓައިމް ގުޅުމުގެ ރަމްޒެއް ކަމަށެވެ.




