އިޓަލީ ސަރުކާރުން ދޭ ހިތްވަރުގަދަކަމުގެ އެންމެމަތީ ޝަރަފު، ކަނޑުއަޑީ ތާށިވި އިޓަލީގެ ފަތުރުވެރިން ހޯދުމުގައި ހަރަކާތްތެރިވަނިކޮށް ނިޔާވި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އަށް އަރުވައިފި އެވެ.
ވ އަތޮޅުގައި ފީނަން އުޅެނިކޮށް ކަނޑުއަޑީގެ ހޮހޮޅައެއްގައި ތާށިވި 4 ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަނިކޮށް ނިޔާވި، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ ޤުރުބާނީގެ އަގުވަޒަންކޮށް، އިޓަލީ ސަރުކާރުން، އެރުވި ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފާއި މެޑަލް އާއި ޙަވާލުވީ އޭނާގެ ޢާއިލާއިންނެވެ.
Minister @em_saeed attended the reception celebrating the Italian National Day.
In his remarks, the Minister highlighted the strong ties between the Maldives and Italy, recognising Italy’s contribution to the development of Maldivian tourism.
The Minister further emphasised opportunities to diversify bilateral engagement through greater cooperation in trade, investment, technology and innovation.
He also reflected on the tragic diving incident in Vaavu Atoll, paying tribute to Sergeant First Class Mohamed Mahudhee, who lost his life during the search operations, and acknowledging the solidarity and compassion shown by the Italian Government and people during this difficult time.
— Ministry of Economic Development,Transport & Trade (@MoEDmv) November 4, 2026
އިޓާލީ ވިލާތުންދޭ އެންމެ މަތީ ޝަރަފުގެ މެޑެލް (ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ) މެޑަލް މަހުދީގެ އާއިލާއާ ހަވާލުކުރީ ރާއްޖެއާއި އިޓަލީއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި، އެ ޤައުމުގެ 80 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މެޑަލް ހަވާލުކޮށްދެއްވީ އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗްއެވެ. އާއިލާގެ ފަރާތުން މެޑަލްއާ ހަވާލުވީ މަޙްދީގެ ދެ ދަރިންނެވެ.




