އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުގެ އިތުބާރު އޮތްކަމަށް ރައްޔިތުންގެ މަޖިޅިހުން ފާސްކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ 13 މެންބަރަކު ސޮއިކޮށް މި އަހަރުގެ އޯގަސްޓް މަހު ހުށަހެޅި މައްސަލާގެ ނޯޓިސްގެ މުއްދަތަށް ފަހު އެ މައްސަލާގައި ޖަވާބުދާރީ ވުމަށާއި އަދި އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބޭނުންވާ ގޮތަކީ ބެލުމަށް މި އަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތެރެއިން 54 މެންބަރަކު ވަނީ މިނިސްޓަރ ސައީދުގެ އިތުބާރު އޮތްކަމަށް ފާސްކޮށްފައެވެ.
މިނިސްޓަރ ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ މެންބަރުން ހުށަހަޅާފައިވަނީ މިނިސްޓަރ ސައީދު އަށް މަޤާމުގެ މަސްއޫލިއްޔަތާއޮި ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެއެވެ. އެގޮތުން ގާނޫނީ ޒިންމާތަކާއި އިގްތިސާދީ ކަންކަމާ ގުޅޭގޮތުން 6 ކަމެއް ފާހަގަކޮށްފައިވެއެވެ.
މިއަދުގެ ޖަލްސާގައި އެ ހުރިހާ ކަމަކަށް ވަޒީރު ވަނީ ވަރަށް ތަފްސީލުކޮށް ޖަވާބުދާރީވެވަޑައިގެންފައެވެ.




