ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ފުޅިއަށް ގޭސް އަޅައިދޭ މިންވަރު ލިމިޓްކުރަން ނިންމާފައިވާކަން މޯލްޑިވްސް ގޭސްއިން ހާމަކޮށްފި އެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ދުނިޔޭގ ބާޒާރުގައި ގޭހުގެ އަގު އުފުލިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ނަމަވެސް އެ ކުންފުނިން ބުނީ ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް ގޭހުގެ އަގު ބޮޑުނުކުރާނެ ކަމަށާއި، އޭގެ ބަދަލުގައި ނިންމާފައިވަނީ ގޭސް ފުޅިއަށް ގޭސް އަޅައިދޭ މިންވަރު ބަދަލުކުރުމަށް ކަމަށެވެ.
އެގޮތުން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދިހަ ކިލޯ ގޭސް ފުޅިއަށް އަޅައިދޭނީ ހަތް ކިލޯ ގޭސް ކަމަށާއި، އަދި 22 ކިލޯގެ ގޭސް ފުޅިއަކަށް 14 ކިލޯ ގޭސް އަޅައިދޭއިރު، 45 ކިލޯގެ ގޭސް ފުޅިއަކަށް އަޅައިދޭނީ 31 ކިލޯ ގޭސް ކަމަށެވެ.
ގޭސް އަޅައިދޭ މިންވަރު ލިމިޓްކުރިނަމަވެސް ނަމަވެސް ގޭހުގެ އަގަށް ބަދަލެއް ނުގެންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.




