އަހަރުގެ މިހާތަނަށް 1.8 މިލިއަނަށް ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮސްފި ކަމަށް ޓޫރިޒަމް މނިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ މި އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން 7 ނޮވެންބަރ އާ ހަމައަށް ރާއްޖެ ޖުމްލަ 1،804،125 ޓޫރިސްޓުންވަނީ ޒިޔާރަތްކޮށްފަ އެވެ.
އެގޮތުން މި މުއްދަތުގައި އެންމެ ގިނަ ޓޫރިސްޓުން އައި 3 ގައުމަށް ބަލާއިރު ޗައިނާއިން 335،917 ޓޫރިސްޓުން، ރަޝިއާ އިން 263،546 ޓޫރިސްޓުން، އިނގިރޭސިވިލާތުން 139،737 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

މި މުއްދަތުގައި ޓޫރިސްޓުން ޒިޔާރަތްކުރި ތަންނަނަށް ބަލާއިރު:
ރިސޯޓުތަކަށް 1،333،557
ގެސްޓުހައުސްތަކަށް 392،131
ހޮޓެލްސް 40،309
ޓޫރިސްޓް ވެސެލްސް 35،172
އެހެނިހެން 2،957




