ފަވަރަ އާއި ފަހިޕޭ ގުޅައިލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ފަހި ޕޭ ޕްރައިވެޓް ލިމިޓެޑާ އެކު އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ފަހިޕޭ ވަނީ ފަވަރަ ޚިދުމަތް ފޯރުކޮށްދޭ ދެވަނަ ފަރާތަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ފަހިޕޭ އިން ފަވަރަ ޚިދުމަތް ދިނުމަށް ބޭނުންވާ ފުރަތަމަ މަރުހަލާގެ ޓެސްޓުތައް ނިންމާ، ޚިދުމަތް ދޭން ފެށުމަށް އެންމެ ފަހުގެ ތައްޔާރީތަށް ވަމުން އަންނަ ކަމަށް ފަހިޕޭއެއް ބުނެފައިފައެވެ.
މީގެ ކުރިން ދިރާގުންވެސް ވަނީ ފަވަރަ ހިދުމަތާ ގުޅާލާފައެވެ.




