ކުޑަކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގަ ހައްޔަރުކޮށްފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ރައީސް އަބްުﷲ ޝާހިދު އެ ޕާޓީގެ ގީއެމް ވަޓްސްއެޕް ގުރޫޕުން ބޭރުކޮށްފި އެވެ.
ޒިންމާދާރު މަގަމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ކުރީގެ ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ހައްޔަރުކުރީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭ އެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން ޢަބްދުﷲ ޝާހިދު ހައްޔަރުކޮށް ޖެހިގެން އައި ދުވަހު ބަންދާ މ،ެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގަށް 30 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ކޯޓުން ޖަހާފަ އެވެ.
އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހާއްސަ ވަޓްްސްއެޕް ގުރޫޕުން ޝާހިދު ބޭރުކޮށްލާފައިވަނީ ބޮޑު ތުހުމަތެއްގައި ހައްޔަރުކުރުމުން އެޅި ފިޔަވަޅެއްގެ ގޮތުގައެވެ.




