ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނި މިއަދުގެ ހެނދުނު 10:30 އިން 16:30 އަށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert white for heavy rain, thunderstorms and gusts. https://t.co/lPHKj5zHf2
— Maldives Meteorology (@MetMaldives) November 15, 2026
އަދި މި ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައި ވެއެވެ.




