ހުޅުމާލެ ދެވަނަ ފޭސްގައި ސަރުކާރުން ތަރައްގީކުރާ ނޭޝަނަލް ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ހުޅުމާލޭގެ 2 ވަނަ ފޭސްގައި ސަރުކާރުން ތަރައްގީކުރާ ފުޓްސަލް އިންޑޯ ކޮމްޕްލެކްސް ނުވަތަ ނޭޝަނަލް ފުޓްސަލް އެރީނާ ތަރައްގީކުރުމަށް ހަވާލުކޮސްފައިވަނީ ލިއޯ ޓްރޭޑިންގ އާއިއެވެ.
18 މަސްދުވަހުގެ ތެރޭ ނިންމާގޮތަށް އެ ކުންފުންޏާ ހަވާލުކޮސްފައިވާ މި މަސައްކަތް އަމަލީގޮތުން ފެށުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި އެރީނާގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢުގެ އިތުރުން ލިއޯ ޓްރޭޑިންގެ އެމްޑީ، ޢަބްދުﷲ ސަވާދު އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ފުޓްސަލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފި. ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 2028ގައި. ޕްރެކްޓިސް ހަތަރު ޕިޗާއި، މުބާރާތްތައް ބާއްވަން ހާއްސަ ޕިޗަކާއިއެކު 3 ބުރިއަށް އިމާރާތްކުރާ މި ފުޓްސަލް ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތަށް 720 ދުވަސް ހޭދަވާނެ.
https://t.co/XYSbYjkJen
— Ministry of Youth Empowerment, Sports and Fitness (@MoYSF_mv) November 15, 2026
މިފަދަ ސްޕޯޓްސް ކޮމްޕްލެކްސްތައް ޑިޒައިން ކުރުމުގައި ދުނިޔެއަށް މަޝްހޫރު އިންޑިއާގެ ކޮލާޖް ޑިޒައިންއާ ހަވާލުކޮށްގެން ޑިޒައިން ކޮށްފައިވާ މި ފުޓްސަލް އެރީނާގައި މެޗަށް ޚާއްސަ ކޯޓެއްގެ އިތުރުން ތިން ޕްރެކްޓިސް ކޯޓު އެކުލެވޭނެކަމަށް މައުލޫމާތުދީފައި ވެއެވެ.
އަދި ކްލާސްރޫމްތަކާއި، ފަސްޓްއެއިޑް ރޫމް، ލޭންގުއޭޖް/ޓެކްނިކަލް ރޫމްތަކުގެ އިތުރުން ކެފެޓީރިއާއެއް ވެސް މި ކޮމްޕްލެކްސްގައި ހިމެނޭނެކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.




