ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ށ އަތޮޅުން ފެށިގެން ކ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނި މިއަދުގެ ހަވީރު 18:00 އިން 22:00 އަށް ށ އަތޮޅުން ފެށިގެން ކ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން މިއަދުގެ މެންދުރު 14:00 އިން 18:00 އަށް ށ އަތޮޅުން ފެށިގެން އދ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އެސަރަހައްދަށް ޔެލޯއެލާޓް ވަނީ ނެރެފައެވެ އަދި މި ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައި ވެއެވެ.




