Advertisement
BML Home 2nd Ad
ޑްރޯން ބޭނުންކޮށްގެން 2017 ވަނަ އަހަރުގައި ނެގިފައިވާ ނައިފަރުގެ އޭރިއަލް ފޮޓޯއެއް -: ފޮޓޯ: ޢަލީ ޝަރީފް
ޑްރޯން ބޭނުންކޮށްގެން 2017 ވަނަ އަހަރުގައި ނެގިފައިވާ ނައިފަރުގެ އޭރިއަލް ފޮޓޯއެއް -: ފޮޓޯ: ޢަލީ ޝަރީފް

ނައިފަރުގައި "ރުޤްޔާ" ކުރަމުންދާ މީހެއް! ޢިމާރާތް ތަޅަން އަންގައި ގަބުރުސްތާނުވެސް ކޮނުވަނީ! ބިސްމި އަޅާލަންވެސް 12000!

"ކުރިންފަހަރު ދަތުރުން 80000 ރުފިޔާ ލިބުން. މިފަހަރުގެ އަމާޒަކީ ލައްކަ އަކަށްވުރެ އިތުރަށް ހޯދުން"

"ރުޤްޔާ" ކުރުމަށް ކަމަށް ބުނެ ޅ. ނައިފަރަށް އައިސް އުޅޭ ބޭރު ރަށެއްގެ މީހެއްގެ ފުށުން ފެންނަމުންދާ ބައެއް ކަންކަމާ ގުޅިގެން އެ ރަށަށް ނިސްބަތްވާ ދީނީ ޢިލްމުވެރިންގެ އިތުރުން، ރަށުގެ ގިނަ ޢާންމު ރައްޔިތުންގެ ޝަކުވާތައް އިތުރުވެ ތުހުމަތުގެ އިނގިލިތައް ދިއްކުރަން ފަށައިފިއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ތަފާތު ގިނަ މަޞްދަރުތަކުން، ނަންނުޖެހުމަށް ޝަރުޠުކޮށް މިނޫހަށް ކަށަވަރުކޮށްދިން ގޮތުގައި، ނައިފަރަށް އައިސް "ރުޤްޔާ" ކުރަމުން ދާ މި މީހާއަކީ ޢާއިލާއާއެކު ރާއްޖެން ބޭރުގައި ދިރިއުޅެމުން ގެންދާ މީހެކެވެ. ދޭތެރެއަކުން ރާއްޖެއައިސް "ރުޤްޔާ" ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ފައިސާ ހޯދުމަށްކަމަށްވެސް ނައިފަރުން މައުލޫމާތު ދިން މަޞްދަރުތަކުން މިނޫހަށް ކިޔައިދިނެވެ.

މީގެ ކުރިންވެސް ނައިފަރަށް އައިސް އެ މަސައްކަތް ކޮށްގެން ދެ ހަފްތާގެ ކުރުމުއްދަތެއްގެ ތެރޭގައި 80000 ރުފިޔާގެ ޢާމްދަނީއަކާއެކު ދިއުމަށްފަހުގައި، އަނެއްކާވެސް ނައިފަރަށް އައިސް އެރަށުގައި އެ މަސައްކަތުގައި އުޅެމުން ގެންދާތާ މިހިނދު މަހެއްހައި ދުވަސްވެފައި ވާކަމަށްވެސ،ް ނައިފަރުގެ ތަފާތު މަޞްދަރުތަކުން މިނޫހަށް ކަށަވަރު ކޮށްދިނެވެ.

"ރުޤްޔާ" ކޮށްދިނުމުގެ ޚިދުމަތް ދިނުމަށް މިފަހަރު ނައިފަރަށް އައިސް ކުރަމުން ގެންދާ ކަންކަމާމެދު ރަށުގެ ބައަކަށް ސުވާލު އުފެދެން ފެށީ، ރުޤްޔާކޮށްގެން ފައިސާ ހޯދުމަކީ އެމީހާގެ ހަމައެކަނި ބޭނުންކަމުގައި، ޚުދު އޭނާ އަމިއްލައަށް އޭނާ ދަންނަ މީހުންގެ ކައިރީގައި ދައްކަމުން ގެންގޮސްފައިވާ ވާހަކަތަކުން، އެނގިގެން ދިއުމުން ކަމަށްވެސް ނައިފަރުން މިނޫހާ ވާހަކަ ދެއްކިި ދެ މަޞްދަރަކުން ބުނެފައިވެއެވެ.

"ކުރިންފަހަރު ދަތުރުން 80000 ރުފިޔާ ލިބުން، މިފަހަރުގެ އަމާޒަކީ ލައްކަ އަކަށްވުރެ އިތުރަށް ހޯދުން" މިފަދަ ބަސްތައްވެސް ރުޤްޔާ ކުރާމީހާ ނައިފަރުގެ ބައެއް މީހުންގެ ކައިރީ ބުނެފައިވާއިރު، މި ދަތުރުގައި އޭނާގެ "ރުޤްޔާ" ޕެކޭޖްތަކުން އެންމެ "މިނީ ޕެކޭޖް" ގެ އަގަކަށްވެސް ކިޔަނީ، 12000 ރުފިޔާކަންވެސް މިނޫހަށްވަނީ ކަށަވަރު ވެފައެވެ.

މި މީހާގެ ފަރާތުން ފެންނަމުންދާ ސުވާލު އުފެދޭ އަދި ކަންބޮޑުވާން ޖެހޭ ޒާތުގެ ކަންކަމުގެ ތެރޭގައި، ޒަމާނީ ފެންވަރަށް ރީތިކޮށް ހަދައި ނިންމާފައިވާ ގެތަކުގެ ފާރާއި ތަޅުންފަދަ ތަންތަން ތަޅައި ސުންނާފަތި ކުރުމަށް އެންގުމާއި، ޤަބުރުސްތާނު ކޮނުމަށް ބުނަމުން ދިއުން ފާހަގަ ކޮށްލެވެއެވެ.

ތަފާތު ގިދަ މަޞްދަރުތަކުން އިތުރަށް ކިޔައިދީފައި ވާގޮތުގައި، މިމީހާ މިހިނދު ރުޤްޔާ ކުރުމުގެ އެންމެ ބޮޑު މަސައްކަތެއް ކުރިއަށް ގެންދަނީ، މުޅި ނައިފަރުގައިވެސް ނިސްބަތުން އެންމެ ރީތި، ޒުވާން ގިނަ އަންހެން ކުދިންތަކެއް އުޅޭ ގެއެއްގައެވެ.

ނައިފަރުގެ ކަމުވޮށިގެންވާ މީހަކާއި މިނޫހުން ސުވާލުކޮށް، "ރުޤްޔާ" ކުރާ އެމީހާގެ ޝަކުވާއެއް ރަސްމީ ފަރާތްތަކަށް ހުށައަޅައި އެމީހާގެ އެމަސައްކަތްތައް ހުއްޓުވުމަށް ރައްޔިތުންގެ ތެރެއިން ބައަކު މަސައްކަތް ކޮށްފައި ވޭތޯ ސުވާލުކުރުމުން އެފަރާތުން ކިޔައިދެއްވި ގޮތުގައި، އެމީހާގެ ޢަމަލުތަކަށް ތާޢީދުކޮށް އޭނާގެ ދިފާޢުގައި މަސައްކަތްކުރާ ނުފޫޒުގަދަ ބައަކުވެސް ރަށުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭކަމަށް ބުނެފައިވެއެވެ.

"ދައްޖާލު ފާޅުވުމަށްފަހު ވާރޭ ވެއްސުމަށް އޭނާގެ ކައިރީގައި އެދުމުން އޭނާގެ ބަހަށް މާﷲ ވާރޭވެސް ވައްސަވާނެތާ. އަދި އެކަމާ ހެދި ދައްޖާލަށް ތަބާވާ މީހުންވެސް އިތުރުވެގެން ދޭތާ. ހަމަ އެގޮތަށް، މި މީހާވެސް ބުނެފައިވާ ބަހެއް ނުވަތަ ކޮށްފައިވާ ކަމެއް، ޔަހުޔާ ކާޅު ހިފާ ބީދައިން ސީދާވެފައި ހުރީމަ، އޭނާގެ ބަސް ޤަބޫލުކޮށް އޭނާއަކީ މާ މޮޅު މީހެއްކަމަށް ބައަކު ޤަބޫލުކޮށްގެން އުޅުނަސް، މާތް ﷲ ޝިފާއެއްކަމުގައި ލެއްވި ރުޤްޔާ ގެ އެހީތެރިކަން މީހުނަށް ފޯރުކޮށްދިނުމަށް، މުއްސަންޖަކަށް މެނުވީ ނުދެވޭވަރުގެ ބޮޑެތި އަގުތަށް ކިޔުމާއި، އަންހެން ކުދިންގެ މޫނާ ގައިގައި އަތްކޭތުން ފަދަ ކަންކަން ކޮށްގެން އޭނާ އެކުރަނީ ޝަރުޢީގޮތުން ހުއްދަ ރުޤްޔާއެއްކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. އިސްލާމް ދީނުގެ އެންމެހައި ޙުކުމްތައް، އެ ފަސް މަޤްޞަދެއްގެ ޙިމާޔަތުގައި އައިސްފައިވާ އެންމެ އަސާސީ ފަސް މަޤްޞަދުގެ ތެރޭގައި މީސްތަކުންގެ މުދާ ޙިމާޔަތް ކުރުން ހިމެނޭ. އެކަމަކު މީނާ މިބުނަނީ ސިޓިން ރޫމުން ނުވަތަ ގޭގެ ބިންގާ ދަށުން ތަނެއް ދައްކާފައި އެތަން ތަޅާ ސުންނާފަތިކުރަން!"

ނައިފަރަށް އައިސް ރުޤްޔާކުރުމުގެ ނަމުގައި އުޅެމުންދާ މީހާއާ ބެހޭގޮތުން، ރަށުގެ ކަމުވޮށިގެންވާ ދުވަސްވީ ޢިލްމީ ބޭފުޅަކު މިނޫހަށް މަޢުލޫމާތު ދެއްވަމުން ކިޔައިދެއްވިއެވެ.

ޝަރުޢީ ރުޤްޔާގެ ޞައްޙަ މަޢުލޫމާތާއި ޝަރުޢީ ހަމަތަކަށް ބީރައްޓެހި ބަޔަކު، ދުންޔަވީ މަންފާތަކެއް ޙާޞިލުކުރަން ބޭނުންކުރާ ވަސީލަތަކަށް ރުޤްޔާ ހަދައި، ރުޤްޔާ ގެ ނަމުގައި މީސްތަކުންނަށް ކެހިދީ، މަކަރުވެރި ކެހިވެރި ރޭވުންތަކެއްގެ ތެރެއިން ތިމާމެންގެ ހަވާނަފްސުގެ އެދުންތަކާއި ޣަރީޒާތައް ފުއްދައިގަތުމަށް އޮތް ނުބައި މަގަކަށް ރުޤްޔާ ހަދާފައި ވާކަމަށާއި، އެފަދަ ޙީލަތްތެރި ޢަމަލުތަކަކީ ޝަރުޢީ ރުޤްޔާއެއް ނޫންކަމާއި އަދި އިސްލާމްދީން ހުއްދަކުރާކަންކަމެއްވެސް ނޫންކަމަށް، އިއްޔެގެ ހުކުރު ޚުޠުބާގައި ފާހަގަކޮށްފައި ވާއިރު، ރުޤްޔާކުރުމުގެ ނަމުގައި ފިރިމީހާ އިސްކޮށްހުރެ އޭނާގެ އަނބިމީހާއާއި ދެ އަންހެން ދަރީންނަށް ބޮޑެތި އަނިޔާތަކެއް ދެމުންގޮސްފައިވާ މައްސަލައެއްވެސް ދާދިފަހުން ފެންމަތިވެ ބައަކު ހައްޔަރުކޮށްފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

10 Responses

  1. އަމިއްލަ ބަރަހަނާ ފޮޓޯ ހިލޭ އަންހެނުންނަށް ފޮނުވާ ރާގީއަކު މަނަދޫގައި އެބައުޅޭ. އެރަަށު މީހަކާ އިނދެގެން. އެއާއިލާ މީނާގެ ސިހުރުގައި ޖައްސައިގެން އިން ކަމަށްވަނީ. އެހަންޏާފަހެެ، މީގެކުރިން މި ރާގީގެ ނުބައިނުލަފާ ވާހަކަ އެންމެ ގަދައަށް ދެއްކީ ރާގީ މިހާރު އިނދެގެންއުޅޭ އަންހެންމީހާގެ ބޭބެ. މިހާރު އެކަންކަން އޯކޭ!

  2. Thi iruvaru rangalhehnoon, thee mulhin nubai iruvareh, huss dhogu mauloomaathu theega dheefahuree.
    Alhugandakee thimeehaage thikanthathah thajuribaa kuri meeheh

  3. ދޮގު ތެދު ނުބަލާ ހަބަރު ލިޔެވޭތޯ ބަލާ.. ނޫސްވެރިކަން ވިއްޔާ ތިކުރަނީ ދޮގު ހަބަރު ލިޔެގެން ފަތުރާން.. ތި ހަބަރުގަ ނެތޭ ތެދު ވާހަކައެއް.. މީމަންޒަރު ވަރައް ގާތުން ދެކުނު މީހެއް

  4. Faisaa ah noongothakah faruvaaeh kohdhey ekakuves noolhey, doctarakas, ruqyà kuràmeehakas, dhivehibeys kuràmeehakas Hama buni ageh dheefa faruvàeh hoadhenee. Naseerubeyves ekankuranee rufiyaa ah. Ehen meehunves ekan kuranee Hama rufiyaa ah. E rufiyaain ekimeehun kuraanee eki kanthahthah. Hajam nuvegen miulhenee naseerubeyge minneh masahkathunnnaai, ilmaa hilmun sihuruveringe mahchah neseerubey hoadhi furihama kaamiyaabee. Thiaalaaathun udugajehifa bimugajehunas naseerubeaa kulhen nuhadhaathi !!!
    Alhugandakee naseerubey kuraafaruvaa lolun dhekifa thajuribaa koffahuri meeheh. Thafaathu ethakeh meehunge, ethakeh baehge ruqiya dhekefin thajuribaa koffin. Naseerubeaa Hama ahves aadheveyvaru ekathives noolhey

  5. 3 އަހަރުވީ ޖިންނިއާ ސިހުރުގެ އުދަގުލުގައި އުޅޭތާ … ރާއްޖޭގަ ނަންމައްޝޫރު އެތައް ރާގީން ލައްވާ ރުޤްޔާ ކުރިން އެތައް ފައިސާ އެއް ހަރަދު ކުރެވުނު ވީކަމެއް ހަރާން ފައިސާ ހިފައިގެން ކޮންމެ މީހަކުވެސް ރަނގަޅުނުވީމަ ބަޗަނީ … އަހަރެން ރަނގަޅު ކޮށްދިނީ މިލިއުމުގައި ބުނެފައިވާ މީހާގެ މަސައްކަތުން … ރަނގަޅު ވުމުން ނޫނީ އެންމެ ފައިސާއެއްގަވެސް ނުހިފާ އަގެއް ވެސް ނުކިޔާ … ކޮންމެ މީހެއްވެސް ކުރާ ބުރަމަސައްކަތުގަ އުޖޫރައެއްވާނެ.. ތަންތަން ވެސް ތެޅިން ސަހަރާވެސް ކޮނުނިން …އެކަމު އިންޝަﷲ މިއަދު ތެދުވެ މިއުޅެވެނީ ތިބުނާ މީހާގެ މަސައްކަތުން … މީހުން ބޭޒާރު ވާފަދަ އާޓިކަލް ހަޤީގަތް ބަލާނުލާ ނުލިއުމަށް އިލްތިމާސް ކުރަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add