ކިންގް ފަހުދު ހޮސްޕިޓަލުގައި ކުރެވުނު އޮޕަރޭޝަނުން އަންހެން މީހާގެ ބަނޑުން ނެގުނު ޓިއުމަރު -: ފޮޓޯ: ޢެރެބް ނިއުސް
ކިންގް ފަހުދު ހޮސްޕިޓަލުގައި ކުރެވުނު އޮޕަރޭޝަނުން އަންހެން މީހާގެ ބަނޑުން ނެގުނު ޓިއުމަރު -: ފޮޓޯ: ޢެރެބް ނިއުސް

ކާމިޔާބު އޮޕަރޭޝަނަކާއެކު އަންހެނެއްގެ ބަނޑުން 7 ކިލޯގެ ޓިއުމަރެއް ނަގައިފި!

ސަޢުދި ޢަރަބިއްޔާގެ ޖިއްދާގައި ހުންނަ ކިންގް ފަހުދު ހޮސްޕިޓަލުގައި ކުރެވުނު ކާމިޔާބު އޮޕަރޭޝަނެއްގައި އަންހެނެއްގެ ބަނޑުން 7 ކިލޯއަށްވުރެ ބަރުދަން ހުރި ޓިއުމަރެއް ނަގައިފިއެވެ.

ސަޢުދީގެ ސްޕަރ ސްޕެޝަލިސްޓް ޑޮކްޓަރެއްކަމުގައިވާ ސަޢުދުލް ޢައްވާދު އިސްކޮށް ހުންނަވައި ކުރެވުނު މި އޮޕަރޭޝަނުގައި ޓިއުމަރު ނެގިފައިވަނީ، ޢުމުރުން 50 ގެ އަހަރުތަކުގެ ތެރޭގައި ހިމެނޭ އަންހެނެއްގެ ބަނޑުންނެވެ. ރަޙިމުން އާދަޔާއި ޚިލާފަށް ގިނައިން ލޭއަންނާތީވެ ޑޮކްޓަރަށް ދެއްކުމުން ހެދުނު ޓެސްޓްތަކަށްފަހުގައި ޓިއުމަރެއް އިންކަން ފާހަގަ ކުރެވުމާއެކު ކުއްލި އޮޕަރޭޝަނެއް ކުރަން ނިންމި، ކާމިޔާބު ކަމާއެކު އެ އޮޕަރޭޝަންކޮށް ބަނޑުން ނެގުނު ޓިއުމަރުގައި 7 ކިލޯ 385 ގްރާމް ހުރިކަމަށް ޑޮކްޓަރު ހާމަކުރެއްވިއެވެ.

އޮޕަރޭޝަނަށް ފަހުގައިވެސް ބަލިމީހާއަށް އެއްވެސް ޞިއްޙީ މައްސަލައެއް ކުރިމަތި ނުވާކަމަށާއި، އޭނާގެ ޙާލު ރަނގަޅުކަމަށްވެސް ޑޮކްޓަރު ސަޢުދުލް ޢައްވާދު ފާހަގަކުރެއްވިއެވެ.

ސަޢުދި ޢަރަބިއްޔާއަކީ ދުނިޔޭގެ ނިސްބަތުން ބެލިކަމުގައިވިޔަސް ޞިއްޙީ ދާއިރާ ނުހަނު ތަރައްޤީވެފައިވާ ޤައުމެކެވެ. އެންމެ ޒަމާނީ ޞިއްޙީ މެޝިނަރީޒްއާއި އާލާތްތަކާއެކު ސަޢުދީގެ ޑޮކްޓަރުން، ދުނިޔޭގެ ފެންވަރުގައިވެސް ކާމިޔާބުތަކެއް ހޯދަމުން ގެންދެއެވެ. ސާރޖަރީތައް ހެދުމުގައި، ޚާއްޞަކޮށް ދުނިޔެއަށް އުފަންވާއިރު ޤުދުރަތީ ގޮތުން ހަށިގަނޑު ގުޅިފައިވާ އެއްމާބަނޑު ކުދިން ވަކިކުރުމުގެ ޙައްސާސް ބޮޑެތި އޮޕަރޭޝަންތަކުގައި، ސަޢުދީގެ ޑޮކްޓަރުން ހިމެނޭ ޓީމުތަކުން އެޤައުމުގެ ހަސްފަތާލުތަކުގައި ހޯދަމުން ގެންދަވާ ކާމިޔާބީތަކަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކަންކަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *