ޑްރޯން ބޭނުންކޮށްގެން 2017 ވަނަ އަހަރުގައި ނެގިފައިވާ ނައިފަރުގެ އޭރިއަލް ފޮޓޯއެއް -: ފޮޓޯ: ޢަލީ ޝަރީފް
ޑްރޯން ބޭނުންކޮށްގެން 2017 ވަނަ އަހަރުގައި ނެގިފައިވާ ނައިފަރުގެ އޭރިއަލް ފޮޓޯއެއް -: ފޮޓޯ: ޢަލީ ޝަރީފް

ނައިފަރުގައި "ރުޤްޔާ" ކުރަމުންދާ މީހާގެ މައްސަލަ ފުލުހުން ތަޙްޤީޤުކުރަން ފަށައިފި

ރުޤްޔާކުރުމުގެ ނަމުގައި، ބަލިމީހާ އާއި ބަލިމީހާގެ މަންމަގެ ނަން އޮޅުންފިލުވުމާއި، ބަލިމީހާގެ ފުނާ ނުވަތަ އިސްތަށްޓެއް ނުވަތަ އަންނައުނު ފަދަ ތަކެތި ހޯދުމަކީ ޝަރްޢީ ރުޤްޔާއާ އެއްވެސް ގުޅުމެއް ހުރިކަންކަމެއް ނޫން - ޚުޠުބާ -

"ރުޤްޔާ" ކުރުމަށް ކަމަށް ބުނެ ޅ. ނައިފަރަށް އައިސް އުޅޭ ބޭރު ރަށެއްގެ މީހެއްގެ ފުށުން ފެންނަމުންދާ ބައެއް ކަންކަމާ ބެހޭގޮތުން ފުލުހުންނަށް ލިބިފައިވާ ޝަކުވާތަކާ ގުޅިގެން ފުލުހުން އެކަންކަން ތަޙްޤީޤުކުރަން ފަށައިފިއެވެ.

"ރުޤްޔާ" ކުރުމަށް ނައިފަރަށް ގޮސް އުޅޭމީހާގެ ގެއަށް ރޭގެ ވަގުތެއްގައި ފުލުހުން ހާޒިރުވެ "އޮޕަރޭޝަނެއް" ހިންގާފައިވާކަމަށް އިތުބާރުކުރެވޭ މަޞްދަރަކުން މިނޫހަށް މައުލޫމާތު ދިނުމާގުޅިގެން، އެކަން ކަށަވަރުކޮށް އިތުރަށް ސާފުކުރުމަށް މިނޫހުގެ ފަރާތުން ފުލުހުންނާ ސުވާލުކުރުމުން ފުލުހުން ވަނީ އެކަން ޔަޤީންކޮށްދީފައެވެ.

"ނައިފަރުގައި ރުޤްޔާ ކުރަމުންދާ މީހަކާ ގުޅިގެން ފުލުހުންނަށް ބައެއް ޝަކުވާތައް ލިބިފައިވާތީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން" ފުލުހުންގެ ރަސްމީ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވިއެވެ.

ޙަޤީޤީ ނުވަތަ ޝަރްޢީ ރުޤްޔާއަކ،ީ ސިހުރު ހާހޫރަ އާއި ޙަސަދަ އާއި އެސްފީނާ ގެ ޝިކާރައަކަށް ވެފައިވާ އެތައް ބަޔަކަށް އެންމެ އެކަށީގެންވާ ފަރުވާކަމާ މެދަކު ޝައްކެއް ނެތްކަމަށާއި އަދި، ރުޙާނީ ގޮތުން ކުރިމަތިވާ އެ ފަދަ ބަލިތަކަށް ރުޤްޔާ އިން ފަރުވާ ހޯދިދާނެކަމަށާއި އެހެންނަމަވެސް ރުޤްޔާކުރުން ހުއްދަވަނީ ދީނުގައި ކަނޑައަޅުއްވާފައިވާ އަދަބުތަކާއި ޝަރުޠުތަކާއެކުގައިކަން، ފާއިތުވެދިޔަ ހަފްތާގެ ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޝަރުޢީ ރުޤްޔާގެ ޞައްޙަ މަޢުލޫމާތާއި ޝަރުޢީ ހަމަތަކަށް ބީރައްޓެހި ބަޔަކު، ދުންޔަވީ މަންފާތަކެއް ޙާޞިލުކުރަން ބޭނުންކުރާ ވަސީލަތަކަށް ރުޤްޔާ ހަދައި، ރުޤްޔާ ގެ ނަމުގައި މީސްތަކުންނަށް ކެހިދީ، މަކަރުވެރި ކެހިވެރި ރޭވުންތަކެއްގެ ތެރެއިން ތިމާމެންގެ ހަވާނަފްސުގެ އެދުންތަކާއި ޣަރީޒާތައް ފުއްދައިގަތުމަށް އޮތް ނުބައި މަގަކަށް ރުޤްޔާ ހަދާފައި ވާކަމަށާއި، އެފަދަ ޙީލަތްތެރި ޢަމަލުތަކަކީ ޝަރުޢީ ރުޤްޔާއެއް ނޫންކަމާއި އަދި އިސްލާމްދީން ހުއްދަކުރާކަންކަމެއްވެސް ނޫންކަމަށްވެސް، މިދިޔަ ހުކުރު ދުވަހުގެ ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ.

ރުޤްޔާކުރުމުގެ ނަމުގައި، ބަލިމީހާ އާއި ބަލިމީހާގެ މަންމަގެ ނަން އޮޅުންފިލުވުމާއި، ބަލިމީހާގެ ފުނާ ނުވަތަ އިސްތަށްޓެއް ނުވަތަ އަންނައުނު ފަދަ ތަކެތި ހޯދުމަކީ ޝަރްޢީ ރުޤްޔާއާ އެއްވެސް ގުޅުމެއްހުރި ކަންކަމަށް ނުވާއިރު، އެފަދަ ކަންކަމީ ސިހުރު ހާހޫރަހަދާ މީހުން ކުރާ ކަންތައްކަމަށްވެސް ޚުޠުބާގައި ބުނެދީފައި ވެއެވެ.

ފަސާދަ ޢާއްމުވެ، މުޖުތަމަޢު މިހާރު މިއޮތް ޙާލަތަށްވުރެ ނުބައި ޙާލަތަކަށް ވެއްޓުމުގެ ކުރިން، ޒިންމާދާރު ވެރިންނާއި، ޢިލްމުވެރިންނާއި، މުރައްބީންނާއި، މައިންބަފައިން، ރުޤްޔާގެ ނަމުގައި މުޖުތަމަޢުގައި ހިންގޭ ކަންކަމާމެދު ވިސްނައި ފިޔަވަޅުތަކެއް އަޅަންވެއްޖެކަމަށްބުނެ، މާތްވެގެންވާ އިސްލާމް ދީނުގެ ނަން ކިލަނބުވާގޮތަށް އިސްލާމްދީނަށް ނިޞްބަތްކޮށް ހިންގާ އެފަދަ ޖަރީމާތައް ހުއްޓުވުމަށް ޚުޠުބާގައި ޒިންމާދާރުވެރިންނަށް އިލްތިމާސް ކުރުމާއެކު. އެފަދަ ނުބައި ޢަމަލުތަކަށް އަރައިގަންނަ މީހުން ﷲގެ މަގަށް ރުޖޫއަވެ ތައުބާވުމަށްވެސް މިދިޔަ ހުކުރު ދުވަހުގެ ޚުޠުބާ ނިންމާލުމުގައި ނަޞޭޙަތްތެރިވެފައި ވާކަންވެސް ފަހަގަ ކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *