Advertisement
BML Home 2nd Ad
ޑުބާއީގެ ވެރިޔާގެ ޓިކްޓޮކް އެކައުންޓުގެ ސްކްރީން ފޮޓޯތަކެއް
ޑުބާއީގެ ވެރިޔާގެ ޓިކްޓޮކް އެކައުންޓުގެ ސްކްރީން ފޮޓޯތަކެއް

ޑުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު "ޓިކްޓޮކް" އަށް

ޢަރަބި މުއްސަނދި ދައުލަތެއްކަމުގައިވާ ޔޫއޭއީގެ ނައިބު ރައީސް އަދި ދުނިޔޭގެވެސް މަޝްހޫރު ވިޔަފާރި ހަބެއް އަދި ފަތުރުވެރި މަންޒިލެއްކަމުގައިވާ ޑުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދުލް މަޚްތޫމް "ޓިކްޓޮކް" އެކައުންޓެއް ހުޅުއްވައި ފިއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ޝައިޚް މުޙައްމަދު ޓިކްޓޮކް އެކައުންޓެއް ރަސްމީކޮށް ހުޅުއްވާފައި މިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އަދި، އެކައުންޓަށް 24 ގަޑިއިރު ނުވަނީސް އެކައުންޓް ވެރިފައިވެ، އެތަކެއްހާސް ފޮލޯވަރުންނެއް ތިބިއިރު، ޝައިޚް ފޮލޯކުރަށްވާ އެއްވެސް ފަރާތެއް ނެތްކަންވެސް ފަހަގަ ކޮށްލެވެއެވެ.

ޓިކްޓޮކަކީ ސަމާސާ މިޒާޖުގެ މުނިފޫހިފިލުވުމުގެ ވީޑިއޯތަކަށް މަޝްހޫރު މަންސައެއްކަމުގައި ވީނަމަވެސް، ޝައިޚް މުޙައްމަދު ޓިކްޓޮކްގައި ހުޅުއްވި އެކައުންޓަށް ފުރަތަމަ ދޫކުރެއްވީވެސް، އެމަނިކުފާނުގެ އަމިއްލަ އަޑުން ކިޔައިދެއްވާފައިވާ ޢިބުރަތުން ފުރިގެންވާ ކުރު ވާހަކައެއްގެ ސިފައިގައި ހެދިފައިވާ ވީޑިއޯ އެކެވެ. ދުނިޔެވީ ދިރިހުރި މިސާލުތަކުން މިސާލުދައްކަވަމުން، އެމަނިކުފާނުގެ ސަރުކާރުގެ ވެރިންނަށާއި ޚުދު މުޅި ޤައުމުގެ ރައްޔިތުންގެ އިތުރުން މުޅި ދުނިޔެއަށްވެސް ޢިބުރަތުން ފުރިގެންވާ މެސެޖެއް ދެއްވި ވީޑިއޯ އެކެވެ.

ކާމިޔާބީއާއި ހަމައަށް ވާޞިލުވުމުގައި އެއްވެސް މިންވަރަކަށް ފަސްޖެހި ކަންފަސޭހަ ކޮށްލުމެއް ނެތި، ގަދައަޅައި ބާރަށް އަވަހަށް މަސައްކަތް ކުރެއްވުމުގެ މުހިންމުކަން ދޭހަކޮށްދޭ ވީޑިއޯއެކެވެ.

@hhshkmohd

في الإمارات لا أكترث إن كنت غزالاً أو أسداً.. عندما تستيقظ من الأفضل أن تبدأ بالركض!

♬ original sound – H.H. Sheikh Mohammed

މިވީޑިއޯ ދޫކުރެއްވިތާ ހިނދުކޮޅެއްގެ ތެރޭގައި އެތަކެއް ހާސް "ވިއު" "ލައިކް" އަދި "ރީ-ޝެއަރ" މި ވީޑިއޯއަށް ލިބި "ވައިރަލް" ވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add