ފައިޒާ އިން އުފެއްދި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމަންޓާ ލިބުމާއެކު ސިންގަޕޫރުގެ އޮފިޝަލުން އުފާފާޅުކުރަށްވަނީ-:ފޮޓޯ: ޗެނަލް ނިއުސް އޭސިއާ
ފައިޒާ އިން އުފެއްދި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމަންޓާ ލިބުމާއެކު ސިންގަޕޫރުގެ އޮފިޝަލުން އުފާފާޅުކުރަށްވަނީ-:ފޮޓޯ: ޗެނަލް ނިއުސް އޭސިއާ

ކޮވިޑް ވެކްސިން ލިބުނު އޭސިއާގެ ފުރަތަމަ ޤައުމަށް ސިންގަޕޫރު

ސިންގަޕޫރުން އޯޑަރުކުރި ކޮވިޑް-19 ވެކްސިންގެ ފުރަތަ ޝިޕްމަންޓް މިއަދު އެޤައުމަށް ގެނެވުމާއެކު މުޅި އޭސިއާ ބައްރުންވެސް އެންމެ ފުރަތަމަ ކޮވިޑް-19 ވެކްސިން ލިބިގެންދިޔަ ޤައުމަކަށް ސިންގަޕޫރު ވެގެން ހިނގައްޖެއެވެ.

ދުނިޔޭގެ ހުރިހާ ޤައުމުތަކުންވެސް މިހިނދު ކުރަމުން އަންނަ އެންމެ ބޮޑު އިންތިޒާރު ނިމުމަކަށް އައުމުގެ އިޙްސާސް ސިންގަޕޫރުގެ ރައްޔިތުންނަށް ކުރެވިގެން މިދިޔައީ، އެސްކިޔު 7979 ގެ ފްލައިޓް ސިންގަޕޫރު ގަޑިން މިރޭގެ އިރުއޮއްސި 7:36 ގައި ޗެންގީ އެއަރޕޯޓުގައި ޖެއްސުމާއެކުއެވެ.

ބެލްޖިއަމްގެ ބްރޫޝަލްސް އިން އިއްޔެ ފުރައިގެން ސިންގަޕޫރަށް އައި އެޤައުމުގެ ޤައުމީ އެއަރލައިންގެ ކާގޯ މަތިންދާބޯޓުގައި ގެނެވުނު މި ވެކްސިން ޝިޕްމަންޓާއި އެއަރޕޯޓުން ހަވާލުވެވަޑައިގަތީ ސިންގަޕޫރުގެ ޓްރާންސްޕޯޓު މިނިސްޓަރެވެ.

އެއަރޕޯޓުގައި ބޭއްވުނު މިރަސްމިއްޔާތުގައި ވާހަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އޮންގ ވިދާޅުވި ގޮތުގައި، ސަރަޙައްދުގެ އެންމެހައި ޤައުމުތަކަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދޭ މައި ހަބަކަށް ސިންގަޕޫރު ވެގެންދިއުމަކީ އެޤައުމުގެ އަމާޒުކަމަށް ވިދާޅުވުމާއެކު އެކަމުގެ ޤާބިލުކަންވެސް އެޤައުމަށް ލިބިގެންވާކަން ފާހަގަ ކުރެއްވިއެވެ.

ސިންގަޕޫރަށް މިއަދު ގެނެވުނު ކޮވިޑް-19 ވެކްސިން ޝިޕްމަންޓަކީ، ކޮވިޑް-19 އަށް އުފެއްދުނު އެންމެ ފުރަތަމަ ރަސްމީ ވެކްސިން ކަމުގައިވާ، "ފައިޒާ" ކުންފުނިން އުފެއްދި ކޮވިޑް ވެކްސިންކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *