Advertisement
BML Home 2nd Ad

އައިއެސްގެ އަނިޔާވެރި ސަފުހާތަކުން ރޭޕް: މިއީ ހިތްދަތި ވާހަކަތަކެއް

އުތުރު އިރާގަށް އައިއެސްއައިއެސްގެ ލަޝްކަރު ހަމަލާދީ އެތައް މުސްލުމުންނެއް މަރާ، އަންހެނުންނާއި ކުޑަކުދިން ރަހީނުކުރިއެވެ. އިރާގުގެ މިނިވަންކަމުގެ ނަމުގައެވެ. ސަރަހައްދުގައި އިސްލާމްދީނުގެ ހަގީގީ ނޫރު ދިއްލާލުމުގެ ސްލޯގަންގެ ދަށުންނެވެ.

Advertisement
Etukuri Inside ad 300x300 Desktop

ހަގީގަތް އޮތީ މާދުރުގައެވެ. އައިއެސްއައިއެސްގެ ދިދައިގެ ކުލައާ އެއްގޮތަށް ހަމަ އެހާމެ ކަޅު އަނދިރިކޮށެވެ. އެކަމުގެ ހަގީގަތްތައް އެންމެ ބޮޑަށް އެނގެނީ، އައިއެސްގެ ގައިދު ހައިނާއިން ސަލާމަތްވި ބައެއް ކުދިންނަށް އާ ދިރިއުޅުމެއް ހޯދައިދިނުމަށް އެމެރިކާގެ ލޯޔަރު ޖެކްލިން އިސާކުގެ މަސައްކަތުން ޖަރުމަނުވިލާތަށް ގެންގޮސް، އެކުދިންނަށް ހިންގާ ޚާއްސަ ޕްރޮގްރާމުގެ ތެރެއިންނެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ހޮސްޕިޓަލުގައި އިރާގުގެ ފުރާވަރުގެ އަންހެންކުދިންނާއި ކުޑަކުދިންވެސް ހިމެނެއެވެ. އެކުދިން ތިބެނީ ބިރުން ފިއްކަނޑައިގެން ގޮސްފައެވެ. ނުނިދެއެވެ. ރޯން ބޭނުންވިއަސް ނުރޮވެއެވެ. ބަނދުފުރެންދެން ނުކެވެއެވެ. އާ ދިރިއުޅުމެއް ހޯދުމަށް އެކުދިން ހަނގުރާމަކުރަމުންދާއިރު، އެކުދިންގެ ހަށިގަނޑުގެ އެތެރެވަނީ އައިސްގެ އަނިޔާގެ ވޭނުން ޒަހަމްވެފައެވެ. އެ އިހްސާތައް އެކުދިންގެ ވިސްނުމާ ދުރަށްނުދެއެވެ. ނަތީޖާއެއްގެ ގޮތުން އެކުދިންނަށް ތިބެނީ އަނެކުންނާ ހަތަރުކަޅި ހަމަކުރަންވެސް ނުކެރިފައެވެ. އަމިއްލަ ނަފްސުގެ އިތުބާރު ވަނީ ވަގަށް ނަގާފައެވެ. އިއްފަތްތެރިކަން ލޫޓުވާލާފައެވެ. ކުރިމަތީގައި މައިންބަފައިން ވަނީ މަރާފައެވެ.

ޖެކްލިންގެ މަސަކްތަކާ ބެހޭ ގޮތުން ޖަރުމަނުގެ ނޫސްވެރިއަކު ހެދި ކުރު ވީޑިއޯގައި އިރާގުގެ ފުރާވަރުގެ އަންހެން ކުއްޖެއްގެ ވާހަކަ އޭނާގެ ދުލުން ގެނެސްދީފައިވެއެވެ. އެއީ ހީބިހި ނަގައިގެންދާ ފަދަ އަސަރުގަދަ ހިތްދަތި ވާހަކަތަކެކެވެ. އޭނާގެ ވާހަކަ ފަށޑަނީ މިހިސާބުންނެވެ؛ "އެމީހުން އަހަރެން ލޯކުރީ ބައްޕައަށް ހަމަލާދީ މަރާލި. އެމީހުންގެ އަތް ކަޅިވެފައިވަނީ ބައްޕަގެ ލެއިން. އެތައް ބަޔަކު މަރާފަ ފުރާވަރުގެ އަންހެންކުދިންނާއި ކުޑަކުދިން އެމީހުން ގެންގޮސް ބަންދުކުރި. ދެން ފެނުނީ އެމީހުންގެ އަސްލު އަނިޔާވެރިކަން. މުޑުދާރު ސިފަ. އަހަރެންގެ ކުރިމަތީގައި ދިހަ އަހަރުގެ އަންހެން ކުއްޖަކު ކޮންމެ ދުވަހަކު ރޭޕްކުރޭ. އެކުއްޖާގެ ރުއިމުގެ އަޑުން ހިތްފަޅައިގެންދާވަރުވޭ. ސަލާމަތަށްއެދި މަންމާ!މަންމާ! އޭ ގޮވަމުން ގިސްލަމުން ގެންދޭ. އެކުއްޖާގެ ހޭވެރިކަން ނެތެންދެން ބައެއް ފަހަރު އެފިރިހެން މީހާ އެކުއްޖާއަށް ޖިންސީ ގޯނާކުރޭ. އެއީ ރަހުމެއް ނެތް ޖަނަވާރުންތަކެއް."

ބައެއް އެހެން ކުދިންގެ ވާހަކަތައްވެސް ނުލިޔެ ދޫކޮށްލެވޭ ވަރެއް ނޫނެވެ.

"އެއީ ސާޅިހުން މައްޗަށް ގޮސްގައިވާ މުޑުދާރު ފިރިހެނެއް. އޭނާގެ ދިގު އިސްތަށިގަނޑާއި ތަރުތީބުގެއްލިފައިވާ ތުނބުޅީގެ ސަބަބުން އިންސާނެއްގެ ސިފައެއް ނެތް. އޭނާ ގައިން ދުވާ ނުބައިވަސް ބުނެދޭން ވެސް ނޭނގެ. އެކަމަކު އޭނާ އައިސް ކޮންމެ ދުވަހަކު އަހަރެން ރޭޕްކުރޭ، ހަމަސް ދުވަސް ވަންދެން ހަމަ ކޮންމެ ދުވަހަކު. ކިތަންމެ ފަހަރަކު މަރުވާން ވެސް ބޭނުންވި. ރޮއިރޮއި މީހާގެ ދެލޯ ދުޅަވި. ކާން ނުދީ ބޭއްވުމުން މީހާ ދިޔައީ އަނަރޫފަވަމުން،" ދެހާސް ސާދަ ވަނަ އަހަރު ހިނގި ހާދިސާގައި އައިއެސްއައިއެސް އިން ކިޑްނޭޕްކުރި ފުރާވަރުގެ އަންހެން ކުއްޖަކު، ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ފެންކަޅި ކޮށްލުވީ އޭނާގެ މި ވާހަކަތަކުންނެވެ. "މިވާހަކަތައް ކިޔައިދޭއިރު އަހަރެން ނުރޮނީ ކީއްވެގެންތޯ ސުވާލު އުފެދޭނެ. ޖަވާބަކީ އަހަރެން ލޮލުގެ ކަރުނަ ހުސްވެއްޖެ މާކުރިން. ހިނިތުންވުން ވަގަށް ނަގައިފި ހަމަ އެހާކުރިން. އަންހެނެއްގެ ފަހުރުކަމުގައިވާ އިއްފަތް ހަމަ އެހާމެކުރިން ގަދަކަމުން ނީލަންކިޔާލައިފި. ކަޅު ދިދައިގެ އަނިޔާވެރި އަހުލުވެރިން."

ޖަރުމަނުގެ ހޮސްޕިޓަލުގައި ތިބި އިރާގުގެ ކުދިން ގެންދަނީ ނަފްސާނީ އުނދަގޫތަކަށް ފަރުވާ ހޯދުމުގެ އިތުރުން ތަޢުލީމު ހާސިލްކުރަމުންނެވެ. ފުރަތަމަ ފެށީ ކުރަހާށެވެ. މިހާރު އަޑު ދަށުން އިނގިރޭސި ބަސް ކިޔަން ފަށައިފިއެވެ. ބަލައިގެން ލިޔަން ފަށައިފިއެވެ. އެކުދިން ބޭނުންވަނީ ޖަރުމަނުގައި ދިރިއުޅުމުގެ އާ ސަފުހާއެއް ހުޅުވާލާށެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

One Response

  1. Thee aslu isis eh noon isis ge namuga ulhey kaafaru isis ge aguvahtaalan ulhey yahoodhiin. Thee hama islaam dheenaa dhekolhah ulhey kaafarun

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add