ދިވެހި ޖުމްހޫރިއްޔާގެ ތިންބާރުގެ ތެރެއިން އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖްލީހުން މީސްމީޑިއާގެ މަންސައެއްކަމަށްވާ ޓިކްޓޮކް އެކައުންޓެއް ހުޅުވައިފިއެވެ.
ސަމާސާ މިޒާޖުގެ ވީޑިއޯތަކަށް ޢާންމުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ޓިކްޓޮކް މަންސައިގެ އެކައުންޓެއް ރައްޔިތުންގެ މަޖްލީހުން ހުޅުވާފައިވާކަން ހާމަކޮށްފައި ވަނީ އެމަޖްލީހުގެ ރަސްމީ ޓްވިޓަރ އަތްގަނޑުން މީގެ ކުޑަ އިރުކޮޅެއް ކުރިން ކޮށްފައިވާ ޓްވީޓެއްގައެވެ. އަދި އެ އަކުންޓު ފޮލޯކުރުމަށްވެސް މި ޓްވީޓުގައި އެދިފައި ވޭމެއެވެ.
ރާއްޖޭގެ ޤާނޫނުހަދާ މަޖްލީހުން ސަމާސާ އެމޮޖީއެއްވެސް ހިމަނައި ކޮށްފައިވާ މި ޓްވީޓަށް ޢާންމު ރައްޔިތުންވެސް ސަމާސާ އިޖާބަތަކެއް ދީފައިވާއިރު، އޭގެ ތެރެއިން އެއްފަރާތަކުން ބުނެފައި ވަނީ، މަޖްލިސް ޓިކްޓޮކް އެކައުންޓުން މެންބަރު ޖާބިރުގެ ވީޑިއޯތައް ގެނެސްދެއްވާކަމުގައި ވަނީނަމަ އެންމެ ރަނގަޅުކަމަށެވެ.
If this is about our man @chairmanjabir we are totally fine
— Abdulla Yameen Abdul Gayoom (@YameenGayoom) January 25, 2021
އޭނާ ޓިކްޓޮކް ކުޅެން އެންމެ ބޭނުންވަނީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުއާއެކު ކަމަށް ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރިއެއްވެސް ދާދިފަހުން ބުނެފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.
advertisment
advertisment