Advertisement
BML Home 2nd Ad
Kerala, May 26 (ANI): MPs Hibi Eden and TN Prathapan protest demanding the Indian president to urgently call back the administrator Praful Khoda Patel, in front of the Lakshadweep Administration office in Kochi on Wednesday. (ANI Photo)
Kerala, May 26 (ANI): MPs Hibi Eden and TN Prathapan protest demanding the Indian president to urgently call back the administrator Praful Khoda Patel, in front of the Lakshadweep Administration office in Kochi on Wednesday. (ANI Photo)

މަލިކު ހިމެނޭ ގޮތުން ލަކްސަދީބު އައިލެންޑުގެ ރައްވެހިންނަށް ހާސްކަމާއި ނުތަނަވަސްކަން

މިއީ ލަކްސަދީބު ފަޅުކޮށްލުމުގެ މަކަރުވެރި ރޭވުމެއް: ކެރެލާ

ހޭޝްޓެގް ލަކްސަދީބް އަދި ސޭވް ލަކްސަދީބްގެ ކެމްޕޭން އިންޑިޔާގެ އެކި ހިސާބުތަކުގައި ދަނީ ފުޅާވެ، އަޑުގަދަވަމުންނެވެ. ކެރެލާގެ ޗީފް މިނިސްޓަރާއި ހުރިހާ ޕާލިމެންޓް މެމްބަރުންނާއި ކުޅިވަރު ކުޅުންތެރިންނާއި ފިލްމީ ތަރިންގެ އިތުރުން ސިޔާސީ ފަރާތްތަކުން ވެސް މި ކެމްޕޭނުގައި ބައިވެރިވެއްޖެއެވެ. އެއީ ލަކްސަދީބަށް ނިސްބަތްވާ މީހުން ކުރަމުން ގެންދާ ސުލްހަވެރި މުޒާހަރާތަކާ ގުޅިގެންނެވެ.

Advertisement
Etukuri Inside ad 300x300 Desktop

އެންމެ ފުރަތަމަ ލަކްސަދީބަކީ ކޮބައިތޯ ބަލާލަމާ ހެއްޔެވެ؟ މިއީ އަރަބިއަން ސީ ގައި ދިވެހި ރާއްޖެ ގޮތަށް ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ "އަތޮޅެ"ކެވެ. ކެރެލާގެ ކޮޗިންއާ ދިމާލުން 2000 ނޯޓިކަލް މޭލު ދުރުގައި އޮންނަ މި ރަށްތައް 1956 ވަނަ އަހަރުން ފެށިގެން އޮންނަނީ އިންޑިޔާގެ ޔޫނިއަން ޓެރިޓަރީ ނުވަތަ އިންޑިޔާގެ ބައެއްގެ ގޮތުގައެވެ. ލަކްސަދީބު ނިސްބަތްވަނީ 36 ރަށުގެ މައްޗަށެވެ. އެއީ މޫދާއި އެއްގަމުގެ ގުދުރަތީ މުއްސަނދިކަމުގެ ނަމޫނާ ރަށްތަކެކެވެ. މި ރަށްތަކުގައި ދިރިއުޅެނީ ޖުމްލަ 64،473 މީހުންނެވެ. އެ އާބާދީ ނިސްބަތްވަނީ އެމިންޑިވް އައިލެންޑާއި ލަކަޑައިވް އައިލެންޑްގެ އިތުރުން މިނިކޮއި ނުވަތަ ދިވެހިންގެ ނަމުންނަމަ މަލިކުއެވެ. މި ރަށްތަކުގައި ގިނައީ މުސްލިމުންނެވެ.

ހޭޝްޓެގް ލަކްސަދީބް އަދި ސޭވް ލަކްސަދީބްގެ ކެމްޕޭން ފަށަން ޖެހުނު މައިގަނޑު ސަބަބަކީ ލަކްސަދީބުގެ ޒަމާންވީ އެޑްމިނިސްޓްރޭޓަރު ދިނޭޝްވަރު ޝަރުމާ މިދިޔަ އަހަރު މަރުވުމުން، އަލަށް އެމަގާމާ ހަވާލުވި ބީޖޭޕީ ސަރުކާރުގެ ޕަޓޭލުގެ ސިޔާސަތުތަކުގެ ސަބަބުންނެވެ. ދަ ހިންދޫގެ ކޮޗިންގެ ބިއުރޯ ޗީފް ވިދާޅުވި ގޮތުގައި ޕަޓޭލުގެ ސިޔާސަތުތަކުގެ ސަބަބުން ލަކްސަދީބުގެ ގުދުރަތީ މުއްސަނދިކަމާއި އެރަށްތަކުގައި ދިރިއުޅޭ މީހުންގެ އާދަކާދައަށް ވެސް ނުރައްކާ އެބައޮތެވެ. ރަށްތަކާ ނުބައްދަލު ވަރުގަދަ ޕްރޮޖެކްޓުތަކުގެ ޕްލޭންތަކަށް ބެލުމުން، މުޅި އަތޮޅުގެ އިކޯ ސިސްޓަމް ހަލާކުވެ، ރަށްތައް ކޮންކްރީޓް މާހައުލަކަށް ބަދަލުވެގެން ދާނެއެވެ.

އިންޑިޔާގެ މީޑިޔާއިން އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒުވެފައިވަނީ ކުދިކުދި ރަށްތަކުގައި ހައިވޭ އާއި ބްރިޖާއި ބޮޑެތި އިމާރާތްތަކާއި ޕާކްތައް ހެދުމަށް ނިންމާފައިވާތީއެވެ. އެއީ ބުއްދި ގަބޫލުނުކުރެވޭ މޮޔަ ސިޔާސަތެއްގެ ގޮތުގައި މީޑިޔާގައި ދަނީ ސިފަ ކުރަމުންނެވެ.

މީގެ އިތުރުން ލަކްސަދީބުގައި ދިރިއުޅޭ މީހުންނަށް އޮތް އެންމެ ބޮޑު ނުރައްކަލަކާއި އުނދަގުލަކީ ޕަޓޭލުގެ މޭސްތިރިކަމުގެ ދަށުން އެކުލަވާލާ ގަވާއިދުތަކެވެ. އެންމެ ފުރަތަމަ ގަވާއިދަކީ "ޕްރިވެންޝަން އޮފް އެންޓި ސޯޝަލް އެކްޓިވިޓީޒް ރެގިއުލޭޝަން"އެވެ. މި ގަވާއިދުގައިވާ ގޮތުގައި މައި ސަރުކާރާ ދެކޮޅު ވާހަކަ ދައްކާ މީހުންނާއި ސަރުކާރުން އެކުލަވާލާ ގަވާއިދުތަކާ ޚިލާފުވާ މީހުންނާއި މިނޫންވެސް ގިނަ ގިންތިތަކެއް ހިމެނޭ ގޮތުން މީހުން ހިފާ ހައްޔަރުކުރުމުގެ ހައްގު އެޑްމިނިސްޓްރޭޓަރު އޮފީހަށް ލިބިދެއެވެ. އެކަމަށް އެއްވެސް ފަރާތަކުން ހުއްދައެއް ހޯދަން ނުޖެހުމުގެ އިތުރުން އެ ގަވާއިދުގެ ދަށުން އެއް އަހަރު ދުވަހުގެ މުއްދަތެއްގައި ލަކްސަދީބުގެ ސަރަހައްދުން ބޭރުގައި ވެސް ހައްޔަރުކޮށްފައި ބެހެއްޓިދާނެއެވެ.

ދެވަނަ ގަވާއިދަކީ "އެނިމަލްސް ޕްރިޒަވޭޝަން ރެގިއުލޭޝަން"އެވެ. މި ގަވާއިދު ތަންފީޒު ކުރަން ފެށުމުން ލަކްސަދީބުގެ އެއްވެސް ރަށެއްގައި ގެރި ގެންގުޅުމާއި ގެރި މަސް ކެއުން މަނާ ވާނެއެވެ.

ތިން ވަނަ އަށް އޮތީ އަލަށް އުފައްދާ ލަކްސަދީބް ޑިވެލޮޕްމަންޓް އޮތީރިޓީއެވެ. މި އިދާރާއިން ކަނޑައަޅާ ގޮތަކަށް މެނުވީ އެއްވެސް މީހަކަށް އެއްވެސް މަސައްކަތެއް ދެން ނުކުރެވޭނެއެވެ. އިމާރާތެއްވެސް ނޭޅޭނެއެވެ. އަދި މި އިދާރާއިން ތަރައްގީ ކުރަން ބޭނުންވާ ކަމަށް ކަނޑައަޅާ ކޮންމެ ބިމެއް ނެގުމުގެ ބާރުވެސް މި ގަވާއިދުގެ ދަށުން އެޑްމިނިސްޓްރޭޓަރަށް ލިބިދެއެވެ.

ޕަޓޭލުގެ ސިޔާސަތުތައް ހުރީ ލަކްސަދީބުގައި ދިރިއުޅޭ މީހުންނަށް އިންތިހާއަށް ދަތިކުރުމާއި ބިރުދެއްކުން ކަމަށް އިންޑިޔާގެ މީޑިޔާއިން ސިފަކޮށްފައި ވަނީ ބައެއް ހަގީގަތްތައް ވެސް ހިމަނައިގެންނެވެ. އެއީ އެރަށްތަކަށް މުދާ ގެންދާ ކެރެލާގެ ބޭޕޯރ ބަނދަރުގެ ބަދަލުގައި ލަކްސަދީބު މީހުން މިހާރު މުދާ ގެންދަން ޖެހެނީ މެންގަލޫރުގެ ބަނދަރުންނެވެ. ކެރެލާގެ މީޑިއާއިން ސިފަކުރާ ގޮތުގައި މިއީ ކެރެލާ އާއި ލަކްސަދީބާ އޮތް ޒަމާންވީ ގާތް ގުޅުން ކަނޑާލުމަށް ރޭވިގެން ހިންގާ އަމަލެއްގެ ގޮތުގައެވެ.

މީގެ އިތުރުން އެތައް އުނދަގުލެއް އެރަށްތަކުގެ އަހުލުވެރިންނަށް މުސްތަގުބަލުގައި ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާކުރާ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މާހިރުން ދެކިލައްވައެވެ. އެބޭފުޅުން ސިފަކުރަނީ މިއީ ލަކްސަދީބު ފަޅުކޮށްލުމުގެ މަކަރުވެރި ރޭވުމެއްގެ ގޮތުގައެވެ.

 

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add