Advertisement
BML Home 2nd Ad

މަހްލޫފް: ކޮރަޕްޝަނުގެ ތުހުމަތުގައި މަގާމުގެ ޒިންމާތަކުން ދެ ފަހަރު އެކަހެރި ކުރި ފުރަތަމަ ވަޒީރު

މިއީ އާދައިގެ ކަމެއް ނޫނެވެ. ޒުވާނުންގެ މިނިސްޓަރެވެ. ގައުމުގެ ޒުވާނުންނަށް މަގުދައްކަވަން ހުންނެވި ސިޔާސީ ވެރިޔާއެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި މިނިސްޓަރު އަހުމަދު މަހްލޫފްގެ (ފޮޓޯ) މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވާފައެވެ. ދައުވާކޮށްދިނުމަށް އެދިއެވެ. އޭސީސީގެ މި ފިޔަވަވާއެކު، ހިޔާނާތުގެ ތުހުމަތުގައި ދެ ވަނަ ފަހަރަށް މަގާމުގެ ޒިންމާތަކުން އެކަހެރިކުރެވުނީއެވެ.  އެކަމަކު އަދިވެސް ހަމަ ޒުވާނުންގެ މިނިސްޓަރުކަމުގެ މަގާމުގައެވެ!.

Advertisement
Etukuri Inside ad 300x300 Desktop

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ނަން ލިސްޓުގައި މަހުލޫފުގެ ނަން ހިމެނުމާއެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ވަނީ މަހުލޫފު މަގާމުން އެކަހެރިކުރައްވާފަ އެވެ. ނަމަވެސް، އެކަމުގައި މަހުލޫފުގެ މައްސަލައެއް ނެތް ކަމަށް ތަހުގީގީ އިދާރާތަކުން އެންގި ކަމަށް ބުނެ ފަހުން ވަނީ މަހުލޫފު އަނެއްކާވެސް މަސައްކަތަށް ނެރުއްވާފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދު ވިދާޅުވި ގޮތުގައި މަސައްކަތްތަކުން މަހުލޫފު އެކަހެރިކުރުމަށް އަންގާފައިވަނީ އޭނާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ މައްސަލާގައި ގޮތެއް ނިންމަންދެން ކަމަށެވެ.

މަހުލޫފުގެ މައްސަލަ ޕީޖީއަށް ފޮނުވުމަށް ފަހު އޭސީސީން އާންމުކުރި ބަޔާނުގައިވާ ގޮތުގައި، އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި ކަމުގައިވާ އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ އުޖޫރައެއްގެ ގޮތުގައި ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރަކު މިފަދަ ސީރިއަސް ތުހުމަތެއްގައި ޖިނާޢީ ދައުވާކުރަން ތަހުގީގީ އިދާރާއަކުން ޕީޖީއަށް ފޮނުމުން ވެސް ވަޒޫފާއިން ވަކިކުރުމުގެ ބަދަލުގައި ހަމައެކަނި މަގާމުގެ މަސްޢޫލިއްޔަތުތަކުން ދުރުކުރުމުން އާންމު ރައްޔިތުންނައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ގާނޫނީ ޓީމުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައިވަނީ މިހާލަތުގައި މަހުލޫފު މަގާމުން ވަކި ނުކުރާ ސަބަބާމެދު ހައިރާން ކަމާއެކު ސުވާލު އުފެދޭ ކަމަށެވެ.

ސޯޝަލް މީޑިޔާގެ އޮއިވަރަށް ބަލާއިރު ގިނަ މީހުން ދެކެނީ މަގާމުން ވަކި ނުކުރި ނަމަވެސް، މަހުލޫފު އަމިއްލައަށް ވެސް މަގާމުން އިސްތިއުފާ ދޭން ޖެހެއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު އާންމުވިއިރު އޮޑިޓަ ޖެނެރަލް ޒިޔަތު ހިމެނުމާއެކު އޭނާ މަގާމުން އިސްތިއުފާ ދިނުން ނަމޫނާއަކަށް ބެލުމަށް މަހުލޫފަށް ގޮވާލާފައިވެއެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add