Advertisement
BML Home 2nd Ad

އަބަދުވެސް ބަދަލުވަމުންދާ ހަސަން ލަތީފް !

މިހާރުގެ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް އަކީ އެމްޑީޕީ އުފެދުންއިރު، ރައީސް މައުމޫން ސަރުކާރުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ކުޑައިރުއްސުރެ އުޅެ ބޮޑުވީ ބޯގަންވިލާ ކުދިންނާ މިނިސްޓަރު ފައްޔާޒު މެންނާ އެކީ ގައެވެ. ލޯފާމް އެކީގައި ހައްދަވާ ފައްޔާޒް ، ހަސަން ލަތީފް އަދި މިހާރުގެ ޕީޖީ ޝަމީމް އަކީ ކުރިން ލޯފާރމް ޕާރޓްނަރުންނެވެ. ހަސަން ލަތީފް އަކީ އިބްރާ އުފެއްދެވި ސޯޝަލް ލިބަރަލް ޕާރޓީގެ އިސް ބޭފުޅެކެވެ. އެބޭފުޅުންގެ "ހަސަންކޮ" އެވެ. އަދި 2008 ގައި އިބްރާ ރައީސް ކަމަށް ގެންނަން ކެމްޕޭން ކުރެއްވިއެވެ.

Advertisement
Etukuri Inside ad 300x300 Desktop

2008 ގެ ދެވަނަ ބުރުގައި އިބްރާ ޕާރޓީވެސް އެމްޑީޕީ އާއި ކޯލިޝަން ހަދާ ވެރިކަމަށް ރައީސް ނަޝީދު އިންތިހާބުވިއެވެ. ރައީސް ނަޝީދުގެ ކެބިނެޓުގައި އިބްރާ ޕާރޓީގެ ސްލޮޓެއްގައި ހަސަން ލަތީފް މިނިސްޓަރ އޮފް ހިއުމަން ރިސޯސް ، ޔޫތް އެންޑް ސްޕޯރޓްސް ކަމަށް ވަޑައިގަތެވެ.

އެއައްފަހު އިސާހިތަކު އިބްރާ ޕާރޓީ ދޫކޮށް އެމްޑީޕީ އާއި ގުޅުނެވެ. އެތައް ބޭރުމީހުނެއް ރާއްޖެއައް އެތެރެކޮށް އެތައް ކަމެއް ހިންގާލާ އެތައް ބޭރު މަސައްކަތްތެރިންގެ ޑިޕޮޒިޓް ފައިސާ އެއްގެއްލުނުކަން އޭރު އޮޑިޓް ރިޕޯރޓްތަކުގައި ހުންނާނެއެވެ. ރައީސް ނަޝީދު އިސްތިއުފާދިނުމަށްފަހު އެމަނިކުފާނުގެ ލޯޔަރުންގެ ޓީމާ ހަސަން ލަތީފް ގުޅުނެވެ. އަދި ރައީސް ނަޝީދުގެ ޓީމުގައި އެމްޑީޕީގެ ޗެއަރޕަރސަންކަން ހޯދާ އަދި މަޖްލިސް ގޮނޑިއެއްވެސް ކާމިޔާބުކުރެއްވިއެވެ. ފަހަކާ ޖެހެންދެން ރައީސް ސޯލިހު ސަރުކާރަށް ރައީސް ނަޝީދު ފެކްޝަންގައި ހުރެ ދެވުނުހާ ގެއްލުމެއްދިނެވެ.

ނަމަވެސް މިހާރު ރައީސް ނަޝީދުގެ ބާރު ދައްވެ ސަޕޯޓް އޮތީ މަދު މަޖްލިސް މެންބަރެއް ކަމުގައި އިނގުމުން ހަސަން ލަތީފްގެ ރާގު ބަދަލުވެއްޖެއެވެ. މިހާރު ސޮއެކުރަމުންދާ ބަރުލަމާނީ ޕެޓިޝަނުގައި ހަސަން ލަތީފް ސޮއެއްނުކުރެއެވެ. ވިދާޅުވަނީ ޕެޓިޝަނަކީ ޕާޓީގެ ރަސްމީ އެއްޗެއްނޫންކަމަށެވެ. ދައްކަނީ ދެރައީސުން ސުލްހަކުރުމުގެ ވާހަކައެވެ. އިބްރާވެސް މިހާރު "ހަސަންކޮ" އަށް ޓްވީޓްތަކުގައި ދޯދޭން ފަށައިފިއެވެ.

ހަސަން ލަތީފަކީ ވައިޖެހޭ ގޮތަށް ކޮޅު ބަދަލުކޮށްލަން މޮޅު ބޭފުޅެކެވެ. ރައީސް މައުމޫން ސަރުކާރުން އިބްރާ ޕާޓީން އެމްޑީޕީ އަށް، ރައީސް ނަޝީދުގެ ލޯޔަރުކަމުން ޗެއަރޕާސަން ކަމުން އަދި ރައީސް ނަޝީދުގެ ހުވަފެނީ ބަރުލަމާނީ ޝެޑޯ މިނިސްޓަރުކަމުން މިހާރު އަނެއްކާވެސް ކޮޅުބަދަލު ކޮށްލީއެވެ. މިގޮތައް ރައީސް ނަޝީދު ކައިރީ ތިބި އެތައް ބައެއް އަދި ކޮޅުބަދަލު ކުރާނެކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

One Response

  1. Hasan latheefakee hayaaykuda nulafaa meeheh maumoonu verikamu meena beyrah fonuvaigen thauleemu haasil kodhinee maumoonu sarukaarun harsdhu kohgen ekamaku thauleemu haasil kohgen ais maumoonu ksrugahifee mihaahayaahkuda nulafaameeheh thee

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add